ދިވެހިރާއްޖެ
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ބައެއް ރޫމްތަކުގެ ޕާޓިޝަންތައް މަރާމާތުކުރުމާއި، ބައެއް އެއަރކަންޑިޝަން ބަދަލުކުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލްއާ އެއްގޮތަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވެ ތަން ބަލައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މި ޑިޕާޓްމަންޓަށް ވަޑައިގެން އަންދާސީ ހިސާބު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް/ ދުވަސް |
ގަޑި |
ޙާޟިރުވާންޖެހޭ ތަން |
މަޢުލޫމާތު ސާފުކުރުން |
14 ސެޕްޓެންބަރު 2025 (އާދީއްތަ) |
11:00 |
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު |
އަންދާސީ ހިސާބު ހުށަހެޅުން |
18 ސެޕްޓެންބަރު 2025 (ބުރާސްފަތި) |
11:00 |
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން |
މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހުގެ 11:00 އަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމަށްފަހު، ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
މި އިޢުލާނާއެކު ގެޒެޓުގައި އާއްމުމަޢުލޫމާތު ޝީޓު ޝާޢިއުކުރެވިފައިވާތީ، މަޢުލޫމާތަށް ހާޟިރުވާފަރާތްތަކަށް އެ މަޢުލޫމާތު ކަރުދާހުގެ އިތުރުކޮޕީއެއް ޕްރިންޓްކޮށްފައި ނުދޭނެއެވެ.
މިހެންވެ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.