މަސައްކަތް
ނަންބަރު: (IUL)94-Q/94/2025/43
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 18 ސެޕްޓެންބަރު 2025 10:00
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ހދ. ކުޅުދުއްފުށީގައި މޯލްޑިވްސް އިމިގްރޭޝަން އޮފީހުގައި އެލްމެނިއަމް ފަތިން ފްރޭމު ހަދައި ބިއްލޫރިން ޕާރޓިޝަން އަދި ދޮރު ހަރުކުރުމާއިއެކު، ސާރވިސް އޭރިޔާގެ ކައުންޓަރުސެޓަޕް ހެދުމާއި އޭ.ސީ ސަޕްލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް.

އިޢުލާން

ޕްރޮޖެކްޓް ނަންބަރ PC-942025W-26

އަންދާސީ ހިސާބު ބޭނުންވެއްޖެ

  1. ހދ. ކުޅުދުއްފުށީގައި މޯލްޑިވްސް އިމިގްރޭޝަން އޮފީހުގައި އެލްމެނިއަމް ފަތިން ފްރޭމު ހަދައި ބިއްލޫރިން ޕާރޓިޝަން އަދި ދޮރު ހަރުކުރުމާއިއެކު، ސާރވިސް އޭރިޔާގެ ކައުންޓަރުސެޓަޕް ހެދުމާއި އޭ.ސީ ސަޕްލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)94-Q/94/2025/40 ޢިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ، އެ ޢިއުލާނު ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv 09 ސެޕްޓެމްބަރ 2025 އިން ފެށިގެން ލިބެން ހުންނާނެއެވެ. އަދި މި ބިޑް އާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  3. މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 14 ސެޕްޓެމްބަރު 2025 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. 
  4. ބީލަން ހުށައެޅުން އޮންނާނީ 18 ސެޕްޓެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 10:00:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ޑިވިޜަން (ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބިޑުތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބިޑަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިވިޜަން،

މޯލްޑިވްސް އިމިގްރޭޝަން،

ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330464, +960 3330465

އީމެއިލް  : [email protected]

ކޮޕީ    : [email protected]

09 ސެޕްޓެންބަރު 2025