ދިވެހިރާއްޖެ
އިޢުލާން
އެމް.ޓީ.ސީ.ސީ.ގެ މުވައްޒަފުން ތިބުމަށް 03 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފުމާބެހޭ
އެމް. ޓީ. ސީ. ސީ. އިން ތ. ކަނޑޫދޫގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރުމަށް ތ. ކަނޑޫދޫއަށްދާ މުވައްޒަފުން ތިބުމަށް 03 ކޮޓަރި، 03 ފާޚާނާ، ސިޓިންގރޫމް އަދި ބަދިގެއާއި ކާތަން ހިމެނޭގޮތަށް، 03 މަސްދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، 03 ކޮޓަރި، 03 ފާޚާނާ، ސިޓިންގރޫމް އަދި ބަދިގެއާއި ކާތަން ހިމެނޭގޮތަށް ގެއެއް ކުއްޔަށް ދޫކުރުމަށް އެދޭ ފަރާތްތަކުން 14 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ ގެއެއް ކުއްޔަށް ދޫކުރާއަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަގާއެކު ގޭގެ ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.
17 ރަބީޢުލްއައްވަލް 1447
09 ސެޕްޓެމްބަރ 2025