ބީލަން
ނަންބަރު: (IUL)312/312/2025/60
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 25 ސެޕްޓެންބަރު 2025 11:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ޕޯލްޓްރީ ފާރމެއް ހެދުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި ހުރި ރުއްގަސް ނެގުން

އިޢުލާން

ކައުންސިލުން ޕޯލްޓްރީ ފާރމެއް ހެދުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި ހުރި ރުއްގަސް މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ނަގައި ބިންސާފު ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 10 ސެޕްޓެމްބަރ 2025 އިން 16 ސެޕްޓެމްބަރ 2025 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00 އާއި ދެމެދުއެވެ. ބީލަމަށް ރަޖިސްޓްރީ ކުރެވޭނީ މިއިދާރާއަށް ވަޑައިގެން ނުވަތަ ނުވަތަ މެއިލްކޮށްގެނެވެ. މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected]   އަށެވެ. ރަޖިސްޓަރ ކުރެއްވުމަށް މެއިލްގައި ހިމަނަންޖެހޭ / މިއިދާރާއަށް ވަޑައިގެން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު:  

1-   އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-   ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-   ގުޅޭނެ ފޯނު ނަންބަރު

4-   އީމެއިލް އެޑްރެސް

5-    މެއިލް ފޮނުވާ ފަރާތް / އިދާރާއަށް ވަޑައިގަންނަވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު

   މި ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ރަޖިސްޓްރީކުރެއްވުމުން  މި ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭނެއެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

     ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 17 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް  މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

     އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން އޮންނާނީ  25 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

   ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

 

17 ރަބީޢުލް އައްވަލް 1447

09 ސެޕްޓެމްބަރ 2025

09 ސެޕްޓެންބަރު 2025