މަސައްކަތް
ނަންބަރު: (IUL)256/256/2025/54
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި: 17 ސެޕްޓެންބަރު 2025 13:00
ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެންޓަރ ސްކެއަރ ޕަރކުގައި ހއ.މުރައިދޫ ރަމްޒުކޮށްދޭ މޮނިއުމަންޓް ހެދުން

މިރަށު ސެންޓަރ ސްކެއަރ ޕަރކް ތަރަށްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން،  މިއިދާރާއިން ދޭ ކުރެހުމާއި އެއްގޮތައް މުރައިދޫ ރަމްޒުކޮށްދޭ މޮނިއުމަންޓު  ސެންޓަރ ސްކެއަރގައި ހެދުމުގެ   މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

     ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފްކުރެއްވުމަށް ހާޒިރު ނުވާ ފަރާތްތަކުގެ ބިޑު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރު 18/2014 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރު 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

 

ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު" ފުރުއްވުމަށްފަހު، މި އިދާރާގެ އީމެއިލް [email protected] އަށް ފޮނުއްވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅުއްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން، އެ ފަރާތަކަށް އީމެއިލް މެދުވެރިކޮށް އެންގޭނެއެވެ.  

 

ބީލަން ރަޖިސްޓްރީ ކުރުން:

09 ސެޕްޓެމްބަރ 2025 ން 17 ސެޕްޓެމްބަރ 2025 ގެ 13:00 ގެ ނިޔަލަށް

ޕްރީބިޑް ބައްދަލުވުން :

21 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާގައި

ބީލަން ބަލައިގަތުން :

28 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގައި

 

ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބީލަން ތައްޔާރުކުރާނެ ގޮތުގެ އިރުޝާދުތައް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6500032 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

09 ސެޕްޓެންބަރު 2025