މަސައްކަތް
ނަންބަރު: GS28/IUL/2025/20
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 22 ސެޕްޓެންބަރު 2025 10:00
ލ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސުކޫލުގައި ކުރަންހުރި ބައެއް މަރާމާތުތައް ކުރުމުމާއި ގުޅޭ

ނަންބަރ: GS28/IUL/2025/20

އިޢުލާން                

 

ސުކޫލްގައި ކުރަންހުރި ބައެއް މަރާމާތުތައް ކުރުމާއި ގުޅޭ:-

 

މިމަދަރުސާގެ އިމާރާތްތަކުގައި ހަރުކޮށްފައިހުރި ދިޔަދޮވިތަކާއި އަސްކޭނި ދޮށުގެ ސީލިންގްގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ GS28/IUL/2025/18 ނަމްބަރ އިޢުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުތައް އެކަށީގެންވާ އަގަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

މިމަސައްކަތައްއެދި ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަންބަރ: (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަންބަރ: (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ތިރީގައި މިވާ ތާރީޚްތަކުގައި މިމަދަރުސާއަށް ވަޑައިގެންދެއްވުން އެދެމެވެ.

  • ބީލަމުގައި ރަޖިސްޓްރީކުރުން: 10 ސެޕްޓެމްބަރ 2025 އިން 15 ސެޕްޓެމްބަރ 2025  އަށް ރަސްމީ ކޮންމެދުވަހަކު 9:00 އިން 13:00 އަށް މިމަދަރުސާއަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ރަޖިސްޓްރީ ކުރެއްވުން. (ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.)
  • މަޢުލޫމާތު ސާފުކުރުން: 17 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 10:00 ގައި މިމަދަރުސާގެ އޮފީހުގައި.
  • ބީލަން ހުށަހެޅުން: 22 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހު 10:00 ގައި މިމަދަރުސާގެ އޮފީހުގައި.

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި ބީލަން ހުށަހެޅުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ދުރުވާނަމަ ދުރުވާ ބޭފުޅަކު ވެރިފަރާތުގެ ސިޓީ އާއި އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

      ބީލަން ހުށަހަޅަންވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ސުކޫލްގައި ކުރަންހުރި ބައެއްމަރާމާތުތައް ކުރުމަށްއެދި'' މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މިސްކޫލްގެ ފޯން ނަންބަރ 6800008 އަށް ގުޅުއްވުން އެދެމެވެ.

17 ރަބީއުލްއައްވަލް 1447 ހ.

                  09 ސެޕްޓެމްބަރ 2025 މ.           

09 ސެޕްޓެންބަރު 2025