ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/120/2025/24
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 11 ސެޕްޓެންބަރު 2025 12:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ސެޕްޓެންބަރު/ އޮކްޓޫބަރު މަހު ބާއްވާ އެޑެކްސެލް އައި.އޭ.އެލް އިމްތިޙާނުގެ ލޭޓް އެންޓްރީގެ އެޕްލިކޭޝަން ފޯމް ދޫކުރުން.

2025 ވަނަ އަހަރުގެ ސެޕްޓެންބަރު/ އޮކްޓޫބަރު ގައި ބާއްވާ އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން މި ޑިޕާޓްމެންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ދޫކުރުމާއި ފައިސާ ބަލައިގަތުން 2025 ސެޕްޓެމްބަރު 07 ވާ އާދިއްތަ ދުވަހުން ފެށިގެން 2025 ސެޕްޓެމްބަރު 11 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ.

އެޕްލިކޭޝަން ފޯމް މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި (ޢިއްޒުއްދީން ބިލްޑިންގ) އަދި ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އޮންލައިންކޮށް އެޕްލިކޭޝަން ހުށައަޅުއްވާނަމަ މެއިލް ކުރާނީ [email protected] އަށެވެ. އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ޗެކް ކުރުމަށްފަހު ފައިސާ ދެއްކުމަށް އީމެއިލް މެދުވެރިކޮށް ލިންކް ފޮނުވާނެއެވެ.

ފޯމު ދޫކުރުމާއި، ފޯމު ބަލައިގަތުން އަދި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.

09 ސެޕްޓެންބަރު 2025