ޢާންމު މަޢުލޫމާތު
ނަންބަރު: H4C-B/2025/14
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:23
ސުންގަޑި: 16 ސެޕްޓެންބަރު 2025 14:00
މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މިލްކުވެރިކަން

މިދަންނަވާ ތަކެއްޗާ ތަންތަނުގެ މިލްކުވެރިކަމާމެދު ދަޢުވާކުރާ ފަރާތެއްވާނަމަ، 07 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް އެންގެވުން އެދެމެވެ.

 

1- ކ.ތުލުސްދޫ "މިސްކިތްމަގު" އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި ރުއްގަސް.

2- ކ.ތުލުސްދޫ "ޕެލަސް" އެވެ ކިޔާ އަމިއްލަ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި ރުއްގަސް.

09 ސެޕްޓެންބަރު 2025