ވަޒީފާގެ ފުރުޞަތު
ނަންބަރު: HPL/ I-2025/04
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:19
ސުންގަޑި: 15 ސެޕްޓެންބަރު 2025 14:00
ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

 

މަޤާމް: ލޭބަރާރ

ބޭނުންވާ އަދަދު: 02

މުސާރަ

މަހަކު -/3700 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

3500ރ – 4500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ

ޝަރުތު

ގްރޭޑް 08 ފުރިހަމަކޮށްފައިވުން،  (ގްރޭޑް 08 ފުރިހަމަކޮށްފައިވާ ކަމަށް ބެލެވޭނީ ސްކޫލް ލީވިންގް ސެޓްފިކެޓް ހުށަހެޅުމުންނެވެ.)

ނުވަތަ

02 އަހަރުގެ ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

މަސައްކަތް ކުރަންޖެހޭ ތަން

ހިތަދޫ ޕޯޓް ލިމިޓެޑް

މަޤާމުގެ މަސްއޫލިއްޔަތު

-          އެޗް.ޕީ.އެލްގެ ސަރަހައްދުގައިވާ އެންމެހައި އިމާރަތްތަކާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އޮފީސް ގޯތިތެރޭގެ ވިނަކޮށައި ގަސްއިންދާ ބެލެހެއްޓުމާއި ފާހާނާ ތަކާއި ޖަންކްޝަންސްތައް ސާފުކޮށް ބެލެހެއްޓުން.

-          އޮފީސްތެރެ ކުނިކަހާ ފޮޅާ ސާފުކުރުމާއި، ފާހާނާތައް ސާފުކުރުމާއި އަދި ފާހާނާއަށް ބޭނުންވާ ސާމާނުތައް ހަމަޔަށް ހުރިތޯ ދުވަހުން ދުވަހަށް ޗެކްކުރުމާއި، ފާހާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

-          އޮފީހުގެ ގޮނޑި މޭޒު ފޮޅާ ސާފުކުރުމާއި މޭޒު ކައިރީ ތިބޭ ޑަސްބިންތައް ދުވާލަކު އެއް ފަހަރު ހުސްކުރުން.

-          އޮފީސް އެތެރެ މޮޕްކޮށް ކާރޕެޓް ސާފުކޮށް ބެލެހެއްޓުން.

-          އޮފީސް ތެރޭގެ ބަގީޗާ ގަސް އިންދާ ބެލެހެއްޓުން.

-          އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

   -  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު އެދޭ މަޤާމް ސާފުކޮށް އެގޭނެހެން ސިޓީ ހުށަހަޅަންވާނެއެވެ.

   - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

   - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

   - ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް.

 

ސުންގަޑި:

2025 ސެޕްޓެމްބަރ 15 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން.

އިންޓަރވިއު މުއްދަތު:

މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2025 ސެޕްޓެމްބަރ 16 އާއި 2025 ސެޕްޓެމްބަރ 30 އާއި ދެމެދުގައެވެ.

ފޯމް ހުށަހަޅަންޖެހޭ ތަން:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ތަކެއްޗާއެކު [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

08 ސެޕްޓެންބަރު 2025