މަސައްކަތް
ނަންބަރު: (IUL)492-PS/492/2025/131
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 17 ސެޕްޓެންބަރު 2025 11:00
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ފެސިލިޓީގެ ބޭރު ދޮރު އެލައިން ކުރުމާއި، ނެޓްވޯރކް ވައިރުތައް ކަވަރު ކުރުން، އިންސިނެރޭޓަރ ސަރވިސްކޮށް އަދި ފާޚާނާ ތަށިން ނަޖިސް ލީކުވާ މައްސަލަ ޙައްލު ކޮށްދޭނެ ފަރާތެއް ހޯދުން

މި މިނިސްޓްރީގެ ދަށުން ހުޅުލޭގައި ހިންގާ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ފެސިލިޓީގެ ބޭރު ދޮރު އެލައިން ކުރުމާއި، ނެޓްވޯރކް ވައިރުތައް ކަވަރު ކުރުން، އިންސިނެރޭޓަރ ސަރވިސްކޮށް އަދި ފާޚާނާ ތަށިން ނަޖިސް ލީކުވާ މައްސަލަ ޙައްލު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

11 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ރަސްމީ ގަޑީގައި

ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ފެސިލިޓީ، ހުޅުލޭ ކަރަންޓީން ޔުނިޓް، ހުޅުލެ

އަންދާސީ ހިސާބު ހުށަހެޅުން

17 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 11:00 އަސް

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ (ވެލާނާގެ 7 ވަނަ ފަންގިފިލާ)

 

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339282 އަދި 3339279 ނަންބަރު ފޯނަށެވެ.

08 ސެޕްޓެންބަރު 2025