ބީލަން
ނަންބަރު: (IUL)369-AS/369/2025/86
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 21:17
ސުންގަޑި: 15 ސެޕްޓެންބަރު 2025 13:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މަޑުއްވަރީ "ހިތްފަހި ފުޓްސަލް އެރީނާ" ގެ ފެންސް މަރާމާތުކުރުމާއި، ވެއްޓިފައިވާ ފެންސް ސީދާކުރުމާއި އަދި ލައިޓް ޕޯސްޓް މަރާމާތުކުރުން މަސައްކަތާ ގުޅޭ (.)

                                   މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މ. މަޑުއްވަރީ "ހިތްފަހި ފުޓްސަލް އެރީނާ" ގެ ފެންސް މަރާމާތުކުރުމާއި ، ވެއްޓިފައިވާ ފެންސް ސީދާކުރުމާއި އަދި ލައިޓް ޕޯސްޓް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

                                    މ. މަޑުއްވަރީ "ހިތްފަހި ފުޓްސަލް އެރީނާ" ވެއްޓިފައިވާ ފެންސް މަރާމާތުކުރުމާއި، ވެއްޓިފައިވާ ފެންސް ސީދާކުރުމާއި އަދި ލައިޓް ޕޯސްޓް މަރާމާތުކޮށް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރުމަށް ޝަޢުޤުވެރިކަންހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ. ބީލަމަށްކުރިމަތި ލެވޭނެ ފަރާތްތަކާއި ބީލަމާގުޅޭ މައުލޫމާތު މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ބީލަން ފޮތުގައި ވާނެއެވެ.

                                    ބީލަމުގައި  ބައިވެރިވުމަށް ރަޖިސްޓްރީ (ނަންނޯޓް) ކުރަންއެދޭ ފަރާތްތަކުން 11 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހު 13:00 ގެ ނިޔަލަށް ރަޖިސްޓަރ (ނަން ނޯޓް) ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. ބީލަމުގައި ރަޖިސްޓްރީކުރުމަށް ބޭނުންފުޅު ފަރާތްތަކަށް ތިރީގައިވާ ލިންކު މެދުވެރިކުރުމަށް ފުރުސަތު ހުޅުވާލަމެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރި ފަރާތް ތަކަށެވެ.

ރެޖިސްޓްރޭޝަން ފޯމުގެ ލިންކް: https://forms.fillout.com/t/tGU6pyvKCrus

                                    މިބީލަމާއި ގުޅޭ މައުލޫމާތު ޢާންމުކުރެވިފައިވާތީ، ޕްރީ ބިޑް މީޓިން ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ. ނަމަވެސް މަސައްކަތް ކުރުމަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކަށް ސައިޓަށް ޒިޔާރަތްކޮށް މަސައްކަތްބެލުމުގެ ފުރުސަތު އޮތްކަމުގައި އާއްމުކޮށް އަންގަމެވެ. ބީލަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ [email protected] އަށް އީމެއިލް ކުރެއްވުމުން އެކަމުގެ މަޢުލޫމާތު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ބީލަންވެރިންނަށް އީމެއިލް އިން ފޮނުވޭނެއެވެ.

                                    ބީލަން ހުށަހެޅުން އޮންނާނީ 2025 ސެޕްޓެމްބަރ 15 ވާ ހޯމަ ދުވަހު 13:00 އަށް ކައުންސިލްގެ އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނީ މ. މަޑުއްވަރީ ކައުންސިލް އިދާރާގެ "މުޝާވިރު މާލަން" އަށެވެ. ބީލަން ކަޑައި ހުޅުވާނީ 2025 ސެޕްޓެމްބަރ 15 ވާ ބުރާސްފަތި ދުވަހު 13:00 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " މުޝާވިރު މާލަން " ގައެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

07 ސެޕްޓެންބަރު 2025