ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)449/449/2025/54
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 20:09
ސުންގަޑި: 11 ސެޕްޓެންބަރު 2025 13:30
މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ

               

އިޢުލާނު

މޯލްޑިވިއަން ބްލަޑް ސަރވިސަސް ގައި މަސައްކަތް ކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު:

މެޑިކަލް އޮފިސަރ

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ޕަބްލިކް ސަރވިސް ރޭންކް

މެޑިކަލް އޮފިސަރ (ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1)،

މެޑިކަލް އޮފިސަރ (ޕަބްލިކް ސަރވިސް ރޭންކު 8 - ސްޓެޕް 1)

ޑިވިޜަން/ސެކްޝަން:

ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސް ސެންޓަރ / ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވިއަން ބްލަޑް ސަރވިސަސް، އޮރެންޖްހިޔާ، ކ. ހުޅުމާލެ

މަސައްކަތް ކުރަންޖެހޭ ގަޑި:

ޑިއުޓީ އުސޫލުން

މަޤާމުގެ މުސާރައާއި އެލަވަންސްތައް:     

މަގާމު

ރޭންކް

އަސާސީ މުސާރަ

މަޤާމުގެ އެލަވަންސް

ހާޒިރީ އެލަވަންސް (ހާޒިރުވާ ކޮންމެ ދުވަހަކަށް)

މެޑިކަލް އޮފިސަރ

ޕަބްލިކް ސަރވިސް ރޭންކު 8 - ސްޓެޕް 1

20,004.00 ރުފިޔާ

 11,456.00ރުފިޔާ

310.00 ރުފިޔާ

މެޑިކަލް އޮފިސަރ

ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1

18,129.00 ރުފިޔާ

10,382.00 ރުފިޔާ

281.00 ރުފިޔާ

 

އެހެނިހެން އެލަވަންސް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކާއި އެއްގޮތައް ( 01 މޭ 2023 އިސްލާހާއި އެއްގޮތަށް ) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސްއާއި ގުޅޭގޮތުން އޯ.ޕީ.ޑީ ގައި ދަންފަޅި އުސޫލުން ބަލިމީހުން ބެލުމުގެ މަސައްކަތް ފުރިހަމަ ކުރުން.
  2. ތެލެސީމިއާ ބަލިމީހުން، ލޭއަޅަމުންދާ ވަގުތު ދިމާވެދާނެ ޞިއްޙީ ހާލަތްތަކަށް ތައްޔާރުވެ ތިބުމާއި، ޓްރާންސްފިއުޝަނާ ގުޅޭ އިންސިޑެންޓްތައް ދެނެގަނެ ކޮންމެ ދުވަހަކު ލިޔުމުން ރިޕޯރޓްކުރުމާއި، މަޝްވަރާކުރުމާއި އަދި އަވަސް ފަރުވާ ދިނުން.
  3. ލޭ އެޅުމަށް އަންނަ ތެލަސީމިއާ ބަލީގެ މީހުންގެ ތެރެއިން، އެހެނިހެން ބަލި ހުންނަ މީހުންނަށް ލޭ ގުޅުމުގެ ކުރިން ޞިއްޙީގޮތުން ބަލަންޖެހޭ ކަންކަން ބަލައި ބަލި މީހުންނާއި އަދި ޞިއްޙީ ޚިދުމަތް ތެރިންނަށް އެކަށީގެންވާ ޞިއްޙީ އިރުޝާދު ދީ އެ މަސައްކަތް ފުރިހަމަ ކުރުމާއި، އަދި ފުރިހަމަ ކުރުވުން.
  4. ތެލެސީމިއާ ބަލިމީހުންގެ ލޭގައި ޖަމާވަމުންދާ ދަގަނޑުގެ މާއްދާތައް، އެ މީހުންގެ ހަށިގަނޑުގައި ދަގަނޑު ހުންނަންޖެހޭ މިން ވަރަށްވުރެ އިތުރަށް ޖަމާވިޔަ ނުދިނުމަށްޓަކައި، އެ ފަރާތްތަކަށް ގަވާއިދުން ދޭންޖެހޭ ޞިއްޙީ އިރުޝާދު ދިނުމާއި، ފަރުވާ ދިނުމާއި، ރިފަރަލް ހެދުމާއި، އަދި ދޭކަން ކަށަވަރުކުރުމަށް ގަދައަޅައި މަސައްކަތް ކުރުން.
  5. ތެލަސީމިއާ ކުދިންގެ ފަރުވާ އާއިބެހޭ މަޢުލޫމާތުތައް އެކުދިންގެ ބެލެނިވެރިންނަށް އިސްނަގައިގެން، ވީ އެންމެ ފުރިހަމައަށް އޮޅުންފިލުވައި ދީ، ދޭންޖެހޭ ޞިއްޙީ އިރުޝާދު ދިނުމާއި، ހޯދައި ދިނުމާއި އެކު އެކަން ބެލެނިވެރިންނާއި ކަމާގުޅޭ ފަރާތްތަކުންވެސް ކުރޭތޯ ގަވައިދުން މޮނީޓަރކުރުން އަދި މޮނީޓަރިން ޝީޓް/ޕޯރޓަލް އަދާ ހަމަކުރުން.
  6. ތެލެސީމިއާ ފަރުވާ ހޯދާ ފަރާތްތަކަށް، ތެލެސީމިއާގެ ސަބަބުން ޖެހޭ ބަލިތަކަށް އެކަށީގެންވާ ފަރުވާ ދިނުމަށްޓަކައި، ހަވާލުކުރެވޭ އަދި ކުރަންޖެހޭ ފަންނީ މަސައްކަތްކާއި އަދި މެޑިކަލް އިދާރީ މަސައްކަތްތައް ކޮންމެ ދުވަހަކު ފުރިހަމަ ކުރުން. މީގެ ތެރޭގައި އުސޫލުތައް ޑްރާފްޓް ކުރުމާއި، ޕޭޝަންޓް މެޑިކަލް ރިކޯޑް ބެލެހެށްޓުމާއި އަދި ޑެއިލީ ސްޓެޓިސްޓިކްސް ރިޕޯރޓް މައުލޫމާތު ނަގައި، އެކުލަވާލައި އަދާހަމަ ކުރުން.
  7. ބަލިމީހުންނާއި ޚިދުމަތް ހޯދާމީހުންގެ ޞިއްޚީ މަޢުލޫމާތު ލިޔެ ރެކޯޑްކޮށް، މި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފާގެ މަތިން މެދު ނުކެނޑި ފަރުވާ ކުރިއަށް ގެންދިޔުމާއި، ޓީމުގެ އެހެން ޞިއްޚީ ޚިދުމަތްތެރިންނާއި އަދާހަމަ ހިއްސާކުރުން، އަދި އެޕޮއިންޓްމަންޓްސް ހަމަޖެއްސުމުގައި ވިލަރެސްކުރުން. މީގެ، ތެރޭގައި، ބޯންމެރޯ ޓްރާންސްޕްލާންޓު ޚިދުމަތާ ގުޅޭ އިންތިޒާމީ ކަންކަމާއި، އެނޫންވެސް މެޑިކަލް ޚިދުމަތްތަކާ ގުޅިގެން، ބަލި މީހުންނާއި އަދި އިދާރާތަކާއެކު ވިލަރެސްކުރުމަށް ފޯކަލް ޕޮއިންޓުގެ ގޮތުގައި މަސައްކަތް ކުރުމަށް ހަވާލު ކުރެވުމުން އެ މަސައްކަތް ކޮންމެ ދުވަހަކު ފުރިހަމަކުރުން.
  8. ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ މަސައްކަތްތައް ކޮންމެ ދުވަހަކު އިރުޝާދު ހޯދުމާއެކު ސުޕަވައިޒުރުކުމާއި، ކެއަރ ސެންޓަރުގެ މުވައްޒަފުންނަށް އިރުޝާދު ދިނުމާއި، ފޯރމުތައް ފުރިހަމަކުރުމާއި، ބަލި މީހުންނަށް ގުޅާކަން ކަށަވަރުކުރުމާއި، ބަލި މީހުންނާއި އަދި އާއިލާތަކާ މަޝްވަރާ ކުރުމާއި، ރަށްރަށުގެ ޞިއްހީ ޚިދުމަތް ދޭ ޚިދުމަތް ތެރިންނާއި ފޯކަލް ޕޮއިންޓުންނާ ވިލަރެސްކޮށް، ބަލިމީހާއާ ގުޅޭ ކަންކަން ކުރިޔަށް ދާ މިންވަރު މޮނީޓަރކޮށް ކޮންމެ ބަލިމީހެއްގެ ރިކޯޑް އަދި ސްޓެޓިސްޓިކްސް ކޮންމެ ދުވަހަކު އަދާހަމަ ކުރުން.
  9. ތެލަސީމިއާ ގުޅޭ ގައުމީ ލަނޑުދަނޑިތަކާއި ޕޮލިސީ ނިންމުންތަކާއި، އެކިއެކި ހަރަކާތްތަކުގެ އަމާޒަށް ވާޞިލްވުމަށް، ޑިރެކްޓަރ ޖެނެރަލް އެކުލަވާލާ ޓާސްކް ފޯސް، ސްޓީއަރިން ކޮމިޓީ، ޕްރޮޖެކްޓް އަދި އެކްޓިވިޓީ ޓީމުގެ މެމްބަރެއްގޮތުން، ކަނޑައަޅާ ހަވާލުކުރާ ފަންނީ މަސައްކަތްތައް ވިލަރެސްކުރުމާއެކު މައުލޫމާތު އެއްކޮށްގެން، އަމަލީގޮތުން އިތުރު ވަގުތު ހޭދަ ކޮށްގެން އިސްކަން ދީގެން ފުރިހަމަކުރުން.
  10. ރާއްޖޭގެ ސަރަހައްދު ތަކަށާއި، ވަކި އާބާދީތަކަށް އަމާޒުކޮށް، ތެލަސީމިއާ ކުދިންގެ ފަރުވާގެ ނިޒާމް، ތަރައްޤީކޮށް އަދި ހަރުދަނާ ކުރުމަށާއި، ތެލެސީމިއާ ކޮންޓްރޯލް ކުރުމަށާއި، އަދި ތެލެސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޑިއުކޭޝަން، އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން މެޓީރިއަލްސް ތައްޔާރު ކުރުމާއި، މީޑިއާ އަދި އެނޫންވެސް ޒަރިއްޔާތައް މެދުވެރިކޮށް ސެޝަންސް ނަގައި ދިނުމާއި އަދި ހުށަހެޅުން.
  11. ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭ ހޯދުމަށް ބޭއްވޭ ބްލަޑް ޑޮނޭޝަން ކޭމްޕްތަކުގައި ތާވަލާ އެއްގޮތަށް އަމަލީގޮތުން ބައިވެރިވުން، ޓީމް ލީޑަރގެ ރޯލް އަދާކުރުމާއި އެކު އިންސިޑެންޓް ލިޔުމުން ރިޕޯރޓް ކުރުމާއެކު، ބައިވެރިވާ މީހުންގެ ޞިއްޙީ ޙާލަތު ދެނެގަނެ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން، އަދި ލޭ ނެގޭ ގޮތާއި، އަދި ރައްކާ ކުރެވޭގޮތާއި، ލޭބަލްކުރެވޭ ގޮތާއި، ހިސާބު ބެލެހެށްޓޭ ގޮތް ހިމެނޭހެން ލޭގެ ޞިއްޙީ ރައްކާތެރިކަމާއި އެކަށީގެންވާ ރަނގަޅު މިންގަނޑުގައި ލެއާއި ބޭނުންކުރާ އާލާތްތަކުގެ ކޮލިޓީ ހިފެހެެއްޓޭކަން ހުރިހައި ވަގުތު ތަކުގައިވެސް ކަށަވަރުކުރުން.
  12. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލު ކުރެވޭ އެންމެހާ މަސައްކަތްތައް ކުރުމާއި، އަދި ސިއްޚީ އެމަރޖަންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން

މަޤާމުގެ ޝަރުޠުތައް:

މެޑިކަލް އޮފިސަރ، (ޕަބްލިކް ސަރވިސް ރޭންކު 8- ސްޓެޕް 1)

މޯލްޑިވްސް މެޑިކްލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުން.

އަދި،

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވުން. އަދި،

މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މެޑިކަލް އޮފިސަރ، (ޕަބްލިކް ސަރވިސް ރޭންކު 7- ސްޓެޕް 1)

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުން.

އަދި،

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގުތައް:

  • ޖެނެރަލް މެޑިކަލް ކޮލިފިކޭޝަން (އެލޯޕެތިކް މެޑިސިންގ)

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޖެނެރަލް މެޑިކަލް ޑޮކްޓަރ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/Policy/Index/51
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

   6. މުއްދަތު ހަމަނުވާ ލައިސަންސް އަދި ރެޖިސްޓްރޭޝަންގެ ކޮޕީ

   7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް " ޑޮކްޓަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023" ގައި ބަޔާންކޮށްފައިވާނެއެވެ.

 

މަޤާމު

ރޭންކް

ވެއިޓޭޖް

އަސާސީ ޝަރުތު ހަމަވުން

މެޑިކަލް އޮފިސަރ

ޕަބްލިކް ސަރވިސް ރޭންކް 7

25

މެޑިކަލް އޮފިސަރ

ޕަބްލިކް ސަރވިސް ރޭންކް 8

30

ތަޖުރިބާ

 

20

އިންޓަވިއު އާއި ޕްރެޒެންޓޭޝަން

 

50

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 11 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން [email protected]   އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، ސެޕްޓެމްބަރ މަހުގެ ތެރޭގައި  މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް "(A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350155 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]   އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

07 ސެޕްޓެންބަރު 2025