މަސައްކަތް
ނަންބަރު: (IUL)351/351/2025/56
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 15 ސެޕްޓެންބަރު 2025 10:30
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މަންދޫ ބަނދަރު ސަރަހައްދުގެ މޮނިއުމަންޓުގެ އެތެރޭގައި ގަސް އިންދުމާއި ގައު އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އދ. މަންދޫ ބަނދަރު ސަރަހައްދުގެ މޮނިއުމަންޓުގެ އެތެރޭގައި ގަސް އިންދުމާއި ގައު އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2025 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 އަށް މިއިދާރާއަށް ދުރުވެ ނުވަތަ ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 15 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް ބީލަންފޯމް ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހާއި އަދި ބީލަންފޯމު މި އިޢުލާނާއިއެކު ގެޒެޓުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެ، ކެނޑުން އޮންނާނީ 15 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގައި އަގުހުށަހަޅާ ފަރާތްތަކުގެ ހާޟިރު ގައެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.

                  ވީމާ، މިކަންއާންމުކޮށް އެންމަށްޓަކައި އިޢުލާން ކުރީމެވެ.

07 ސެޕްޓެންބަރު 2025