ދިވެހިރާއްޖެ
އިޢުލާން
މަސްޖިދުއް ނިއުމާ ތަޅާލައި ގާތަށް އުކުމާ، ނަރަވާމިސްކިތު ކުރަންހުރި މަރާމާތާބެހޭ.
މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މަސްޖިދުއް ނިއުމާ މިސްކިތްތަޅާލައި ގާތަކާ އެނޫންވެސް ހުރިހާ އުކާލަށް ޖެހޭ ތަކެތި ކައުންސިލުން ދައްކާތަނަކަށް އުކާލުމާ، ނަރަވާ މިސްކިތު ގަބުރުސްތާނު ސާފުކުރުމާ، ބައެއް މަރާމާތު މަސައްކަތް ކޮއްދޭނެފަރާތެއް ހޯދުމަށްކުރި ނަންބަރު (IUL)387/387/2025/35 (30 ޖުލައި 2025)ގެ އިއުލާނާގުޅިގެން އެސްޓިމޭޓް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެފަރާތެއް ފިޔަވައި ދެންހުރި ހުރިހާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޑޮކިއުމަންޓްތައް ހަމަނުކުރާތީ، އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތާބެހޭ މަޢުލޫމާތު މި އިޢުލާނާއިއެކު ގެޒެޓްގައި އާންމުކުރެވިފައި ވާނެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ސެޕްޓެމްބަރ 03 ވަނަ ދުވަހުން ފެށިގެން 2025 ސެޕްޓެމްބަރ 08 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ބީލަން ރަޖިސްޓަރީ ކުރާ ފޯމު މި އިދާރާއަށް ހުށަހަޅައި ބީލަން ރަޖިސްޓަރީކުރެއްވުން އެދެމެވެ. މި އިދާރާގެ އީމެއިލް [email protected] އަށް އީމެއިލް ކޮށްގެންވެސް ބީލަން ރަޖިސްޓަރީ ކުރެވޭނެއެވެ. ރަސްމީގަޑީގައި މި އިދާރާއިން ފޯމު ލިބިވަޑައި ގަންނަވާނެއެވެ. ބީލަންފޮތް ވިއްކާ އަގަކީ -/50ރ (ފަންސާސް ރުފިޔާ) އެވެ. ބީލަން ބަލައިގަތުމާއި، ޕްރީ ބިޑް މީޓިންގ އަދި ބިޑް ހުޅުވުން އޮންނާނީ ތިރީގައިވާ ތަވާލްގައިވާ ގޮތުގެމަތިން އެ ދުވަސްތަކާއި ގަޑިތަކުގައެވެ.
ބީލަން ވިއްކުން |
2025 ސެޕްޓެމްބަރ 08 ވަނަދުވަހުގެ 13:00 ގެ ނިޔަލަށް |
ޕްރީބިޑް މީޓިން |
2025 ސެޕްޓެމްބަރ 09 ވަނަ ދުވަހު 10:30 ގައި ތ. ކަނޑޫދޫ ކައުންސިލް އިދާރާގައި |
ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން |
2025 ސެޕްޓެމްބަރ 15 ވަނަ ދުވަހު 10:30 ގައި ތ. ކަނޑޫދޫ ކައުންސިލް އިދާރާގައި |
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.
10 ރަބީޢުލްއައްވަލް 1447
02 ސެޕްޓެމްބަރ 2025