ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)449/449/2025/52
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 17:17
ސުންގަޑި: 11 ސެޕްޓެންބަރު 2025 13:30
މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ޑިރެކްޓަރ

 

އިޢުލާން

 މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ޑިރެކްޓަރ

މަޤާމުގެ ނަންބަރު

            -

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ޑިރެކްޓަރ

ޑިވިޝަން/ ސެކްޝަން

-

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް، އޮރެންޖްހިޔާ، ކ. ހުޅުމާލެ

މުސާރަ

-/8835 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ހެލްތް އެލަވަންސް އަސާސީ މުސާރައިގެ %35
  4. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 އަދި ޓެކްނިކަލް ކޯ އަށް ޝަރުތު ފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/1100 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އިދާރީ އޮނިގަނޑަށް އަންނަ ބަދަލުތައް ސީ.އެސް. ވިއުގަ އިން އަދާހަމަކުރުމާއި، މަޤާމްތަކަށް އަންނަ ބަދަލުތައް އަދާހަމަކޮށް ބެލެހެއްޓުމާއި، މުވައްޒަފުންގެ ރެޖިސްޓްރީ އަށް އަންނަ ބަދަލުތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕާރސަނަލް ރިކޯޑް ފައިލްތައް އަދާހަމަކޮށް ބެލެހެއްޓުމާއި، ހިއުމަން ރިސޯސް ޑިވިޝަންގެ މަސައްކަތްތައް ވިލަރެސްކޮށް އަދި އިންތިޒާމްކޮށް ބެލެހެއްޓުމާއި، މުވައްޒަފުންނާއި ގުޅޭ އެންމެހާ ކަންކަން ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ކުރުމާއި، އިދާރާގެ ވެރިޔާގެ ހުއްދައާއެކު މުވައްޒަފުން މެދުވެރިކޮށް ކުރުވުން. 
  2. މުވައްޒަފުންގެ މުސާރައާއި ގުޅިގެން މުވައްޒަފުންގެ ހާޟިރީގެ މަސައްކަތް ސޮފްޓްވެއަރ މެދުވެރިކޮށް ނިންމުމާއި، ކެޕްލަރ  ޝީޓް، މުސާރަ ޝީޓް، ސެޕް ޝީޓް ނިންމުމާއި، ކޮށާރު ޕޯރޓަލް މެދުވެރިކޮށް ޕެންޝަން ނިންމުމާއި، ސެޕް އަޕްޑޭޓް ކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ފުރިހަމަކޮށް، މުސާރަ ދިނުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، ކުރުވުމާއި އަދި ބެލެހެއްޓުން.
  3. މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ހުސްވާ މަޤާމްތަކަށް ބަނޑޭރި ޕޯރޓަލް މެދުވެރިކޮށް ހުއްދަ ހޯދުމާއި، ސިވިލް ސާރވިސްގެ ޤަވާޢިދާއި އުސޫލުތަކާ އެއްގޮތަށް އިޢުލާން ކުރުމާއި، ސްކްރީން ކުރުމާއި، އިންޓަރވިއު ކަންކަން ހަމަޖެއްސުމާއި އަދި ވަޒީފާ ހަމަޖެއްސުމަށް ބޭނުންވާ މަސައްކަތް ކުރުމާއި، މުވައްޒަފުން ވަޒީފާއަށް އައްޔަން ކުރުމަށް ކުރަންޖެހޭ ރެކްރޫޓްމަންޓާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުމާއި، ކުރުވުމާއި އަދި ބެލެހެއްޓުން.
  4. އަލަށް ގުޅޭ މުވައްޒަފުންގެ ޕްރޮބޭޝަން ފޯމްތައް ސުޕަރވައިޒަރުންނާ ހަވާލުކުރުމާއި، މުވައްޒަފު ވަޒީފާ ލިބޭތާ 2 މަހާއި 15 ދުވަހުގެ ތެރޭގައި އެފޯރމު އެޗް.އާރ.އަށް ހޯދާ، އިދާރާގެ ވެރިޔާގެ ގެ ސޮއި ހޯދުމަށްފަހު ސީ.އެސް ވިއުގަ އަށް އަޕްލޯޑް ކުރުމާއި، ޕްރޮބޭޝަން ފޯމްތައް ފައިލް ކުރުމާއި، މުވައްޒަފުންގެ ޕްރޮބޭޝަން ކަނޑައެޅިފައި އޮންނަ ވަގުތައް ނިންމުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހުއްދައާއެކު ކުރުމާއި، ކުރުވުމާއި އަދި ބެލެހެއްޓުން.  
  5. ސީ.އެސް ވިއުގައިން އަދާހަމަ ކުރަންޖެހޭ ކަންކަން، މުވައްޒަފުންގެ ވަޒީފާ ގެ މަސްއޫލިއްޔަތުތަކާއި، ވަޒީފާ ބަޔާނާއި، ވަޒީފާގެ އެއްބަސްވުމާއި، މުވައްޒަފާއި ގުޅޭ ވިއުގަ އަށް އަދާހަމަކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް، އެންޓްރީކޮށް އަދާހަމަ ކުރުމާއި އަދި ރިކޯޑްތައް ބެލެހެއްޓުން
  6. މުވައްޒަފުންގެ ހާޟިރީ އާއި ގުޅޭ ޝަކުވާ ތަކަށް ޖަވާބުދާރީ ވުމާއި، ސޮފްޓްވެއަރ އަދި މެނުއަލްކޮށްވެސް މުވައްޒަފުންގެ ހާޟިރީގެ މައްސަލަތައް ހައްލުކޮށްދިނުމާއި، އިދާރާގެ މުވައްޒަފުންގެ ޗުއްޓީ އާއި، ސަލާމާއި، ޑިއުޓީތަކުގެ މައްސަލަތައް ހައްލު ކޮށްދިނުމާއި، ސަޕޯރޓް މުވައްޒަފުންނާއި މުޢާމަލާތުކޮށް ހާޟިރީ ސޮފްޓްވެއަރ އަށް އިދާރާއިން ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމާއި، މެނުއަލްކޮށް އަދި ސޮފްޓްވެއަރ އާއި  ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.  
  7. އިދާރާގެ މުވައްޒަފުންގެ ޓްރޭނިންގްތަކާއި ގުޅިގެން ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، ޓްރޭނިންގް ލިސްޓު އަޕްޑޭޓް ކުރުމާއި، ސިވިލް ސަރވިސަސް ޓްރޭނިންގް އިންސްޓިޓިއުޓްން ހިއްސާ ކުރާ ޓްރޭނިންގް ޝެޑިއުލް މުވައްޒަފުންނާ ޚިއްސާ ކުރުމާއި، ޓްރޭނިންގް ތަކަށް މުވައްޒަފުންގެ ނަން ފޮނުވުމުގެ މަސައްކަތް ކުރުމާއި، ޓްރޭނިންގް ރިކުއަރމަންޓް އެކުލަވާ ލުމާއި، ޓްރޭނިންގް ނީޑް އެސެސްމަންޓް އެކުލަވާލުމުގެ އެންމެހާ މަސައްކަތްތައް ކުރުން
  8. އިދާރާގެ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިސަލް ކޮންމެ މަހަކުވެސް ނިންމަން ޖެހޭ ވަގުތައް ނިންމާފައިވޭތޯ ޔަޤީން ކުރުމާއި، ޕާރފޯމަންސް އެޕްރައިސަލްތައް ނިންމުމަށް އެންމެހައި ސުޕަރވައިޒަރުންނަށް އިރުޝާދު ދިނުމާއި، ހިއުމަން ރިސޯސް މުވައްޒަފުންނާއި މަސައްކަތްތައް ހަވާލުކޮށް ސުޕަރވައިޒް ކޮށް އެޕްރައިސަލް ފޯމްތައް ކޮންމެ މަހަކު އަދި މުއްދަތަށް ނިންމުން.
  9. އިދާރާގެ ހިއުމަން ރިސޯސްއާ ގުޅިގެން ހަދަންޖެހޭ އެސް.އޯ.ޕީތައް ހެދުމާއި، މުވައްޒަފުންނާއި ގުޅޭ އެސް.އޯ.ޕީ ތަކަށް އިދާރާގެ ސުޕަވައިޒަރުންނާއި އަދި މުވައްޒަފުން އަހުލުވެރި ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، މުވައްޒަފުން ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  10. މުވައްޒަފުން ކުރާ ކުށްތަކާ ގުޅޭގޮތުން، މައްސަލަތައް ސިވިލް ސަރވިސް ޤަވާޢިދާއި އެއްގޮތަށް، މައްސަލަތައް ބެލުމާއި، ސުޕަވައިޒަރުން މެދުވެރިކޮށް ތަންފީޒު ކުރުމާއި، އިސްލާހީ ފިޔަވަޅު އަޅަން ޖެހޭ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  11. އިދާރާގެ އަހަރީ ރިޕޯރޓް ތައްޔާރު ކުރުމަށް ބޭނުންވާ ހިއުމަން ރިސޯސާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށް ދިނުމާއި، އަހަރީ ބަޖެޓް ތައްޔާރު ކުރުމުގައި މުވައްޒަފުންގެ މުސާރަ އާއި މަޤާމްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ހަވާލު ކުރެވޭ މަސައްކަތްތަކާއި ގުޅޭ ބަޖެޓް އަންދާޒާ، އަހަރީ ރިޕޯރޓް، މަހު ރިޕޯރޓް އަދި މަސައްކަތާއި ގުޅޭ ޔައުމިއްޔާ ލިޔެ ފުރިހަމަ ކުރުމާއި، މަޢުލޫމާތުގެ ސައްޚަކަން ކަށަވަރު ކުރުމާއި، ދެވިފައިވާ ޓައިމްލައިނަށް ހުށަހަޅާ ހުއްދަ ހޯދުން.
  12. ހުއްދަ ހޯދުމާއެކު، މުވައްޒަފުން ވަޒީފާ އިން މުސްކުޅި ކުރުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، ކަމާއި ގުޅިގެން ސީ.އެސް. ވިއުގަ އަށް އަދާހަމަ ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް އަދާހަމަކޮށް ބެލެހެއްޓުން.
  13. ސިއްޚީ ޚިދުމަތްތެރިންގެ ޤާނޫނާއި ޤަވާޢިދުގައި ބުނާ ޞިއްޚީ ޚިދުމަތް ތެރިންނަށް ބޭނުންވާ ކަމަށް ކަނޑައަޅާ ރެޖިސްޓްރޭޝަނާއި އަދި ޕްރެކްޓިސް ލައިސަންސް ތަކުގެ ތަފްސީލް ރިކޯޑް އަދި ލިޔުންތައް އަދާހަމަކޮށް ބެލެހެއްޓުމާއި، މިފަދަ ލައިސަންސްތައް އައު ކުރުމަށް ބޭނުންވާ ހުއްދަ ދިނުމާއި، ލައިސަންސް ގެ މުއްދަތު ހަމަ ވުމުގެ ކުރިން ލައިސަންސް އައު ނުކުރާ މުވައްޒަފުން އޮފީހަށް ނުކުތުން މަނާ ކުރުމާއި، އިސްލާހީ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު އިސްލާހީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް، އިދާރާގެ ވެރިޔާގެ ހުއްދަ ހޯދައިގެން ފުރިހަމަކުރުން.
  14. މޯލްޑިވިއަން ބްލަޑް ސާރވިސްގެ އިދާރީ ބައިގެ މަސައްކަތްތައް ނިންމުމުގައި އެހީތެރިވުމަށްޓަކައި، ހަވާލުކުރެވޭ އިދާރީ މަސައްކަތްތައް ހަވާލުކުރާ މިންވަރަށް ފުރިހަމަ ކުރުމާއި އަދި ޗުއްޓީ ނުވަތަ ރިލީސް ތަކަށް ދިޔުމުގެ ކުރީން މަސައްކަތްތައް ލިޔުމުން ހޭންޑް އޯވަރ ދިނުން.  
  15. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލު ކުރެވޭ އެންމެހާ މަސައްކަތްތައް އަދި ސިއްޚީ އެމަރޖަންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން. 

 

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި   މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓާރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ހިއުމަން ރިސޯސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ކޯ ޑިސިޕްލިން:

  • ހިއުމަން ރިސޯސް މެނޭޖްމަންޓް

 

ގުޅޭ ވަޒީފާގެ ދާއިރާ

  • ހިއުމަން ރިސޯސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 11 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން [email protected] އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު  އަދި        އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، ސެޕްޓެމްބަރ މަހުގެ ތެރޭގައި  މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected] އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350155 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]   އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

06 ސެޕްޓެންބަރު 2025