ކުއްޔަށް ހިފުން
ނަންބަރު: (IUL)301/301/2025/57
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި:
10 ސެޕްޓެންބަރު 2025 13:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމް.ޓީ.ސީ.ސީގެ މުވައްޒަފުން ތިބުމަށް ގެއެއް ކުއްޔަށް ހިފުން
މިރަށުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޕްރޮޖެކްޓުގެ މަސައްކަތް ފެށުމަށްޓަކައި އެމް.ޓީ.ސީ.ސީގެ މުވައްވަފުން ތިބުމަށްޓަކައި، 02 ކޮޓަރި، 02 ފާޚާނާ، ސިޓިންގްރޫމް އަދި ބަދިގެއާއި ކާތަން ހިމެނޭގޮތަށް، 03 މަސްދުވަހުގެ މުއްދަތަށް މި މަޝްރޫޢު ހިންގަމުންދާ ކުނިކޮށި ސަރަހައްދާއި ކައިރިން ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ލިޔުމުން އަގު ހުށައެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ މި އިދާރާގެ އީމެއިލް [email protected] އަށް ފޮނުވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
03 ސެޕްޓެންބަރު 2025