ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120-C/1/2025/25
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 14 ސެޕްޓެންބަރު 2025 13:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ މަތީ ސާނަވީ (އެޗް. އެސް. ސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރުމުގެ މަސައްކަތްތައް ކުރުމަށް އެގްޒޭމިނަރުންގެ ޓީމަށް މީހުން ހޯދުން

އިޢުލާން

       2025 ވަނަ އަހަރުގެ މަތީ ސާނަވީ (އެޗް. އެސް. ސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރުމުގެ މަސައްކަތްތައް ކުރުމަށް އެގްޒޭމިނަރުންގެ ޓީމަށް މީހުން ހޯދުން

 

މަޤާމު

އެގްޒޭމިނަރ

މާއްދާ

ދިވެހި/އިސްލާމް

އަދަދު

ދިވެހި - 07

އިސްލާމް -07

މަސައްކަތް ކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް

އުޖޫރަ

1.ލީޑް އެގްޒޭމިނަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރުއަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމްލަ ޢަދަދާއި މަސްޢޫލިއްޔަތު އެލަވަންސް ގޮތުގައި ގޮތުގައި -/5,000ރ (ފަސްހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.

2. އޮޑިޓިންގ އެގްޒޭމިނަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރުއަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމްލަ ޢަދަދާއި މަސްޢޫލިއްޔަތު އެލަވަންސް ގޮތުގައި ގޮތުގައި -/4,000ރ (ހަތަރުހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.

3. މޮޑަރޭޓިންގ އެގްޒޭމިނަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރުއަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމްލަ ޢަދަދާއި މަސްޢޫލިއްޔަތު އެލަވަންސް ގޮތުގައި ގޮތުގައި -/3,000ރ (ތިންހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.

ޝަރުޠު:

 

  1. މިއަހަރު އިމްތިޙާނުގައި ތިމާއާއި ތިމާގެ ދަރި ބައިވެރި ނުވާ ފަރާތަކަށްވުން
  2. މާއްދާއާ ގުޅޭ ދާއިރާއަކުން މާސްޓަރ ޑިގްރީ ޙާޞިލް ކޮށްފައިވުން
  3. ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން
  4. ދިވެހި:

 (4.1) ކީސްޓޭޖް 5) ގްރޭޑް 11 ނުވަތަ 12) ގެ ސިލަބަހަށް ސްކޫލެއްގައި ކިޔަވައިދޭ ފަރާތަކަށްވުމާއެކު، ފާއިތުވި ހަތަރު އަހަރުގެ ތެރެއިން ދެ އަހަރު މާކިން މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެފައިވުން ނުވަތަ

 

     (4.2) ކީސްޓޭޖް 4 (ގްރޭޑް 9 ނުވަތަ 10) އަށް ކިޔަވައިދޭ ނަމަ، ފާއިތުވީ ދެ އަހަރުގެ އެޗް.އެސް.ސީ އިމްތިޙާނުގެ ދިވެހި މާއްދާގެ މާކިންގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ފަރާތަކަށްވުން ނުވަތަ

 

 (4.3)  ކީސްޓޭޖް 5) ގްރޭޑް 11 ނުވަތަ 12) ނުވަތަ  ކީސްޓޭޖް 4 (ގްރޭޑް 9 ނުވަތަ 10) ސިލަބަހުގެ މަސައްކަތުގައ މިހާރު ވެސް  މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި   ޢަމަލީގޮތުން ނުވަތަ  ފަންނީލަފާދިނުމުގެ  މަސައްކަތްކުރާ ފަރާތަކަށްވުން  ނުވަތަ

 

     (4.4) ވޭތުވެދިޔަ އަހަރުގެ އެޗް.އެސް.ސީ ދިވެހި އިމްތިޙާނުގައި  ޗީފު އެގްޒޭމިނަރަކަށް، ނުވަތަ ލީޑް އެގްޒޭމިނަރަކަށް ނުވަތަ، އޮޑިޓިން އެގްޒޭމިނަރަކަށް ނުވަތަ މޮޑަރޭޓިން އެގްޒޭމިނަރަކަށް ނުވަތަ މާކަރެއްގެ ގޮތުގައި މާކިންގައި ބައިވެރިވެފައިވާ ނަމަ، މާކިން ނިމުނުއިރު ލިބިފައިވާ ޕަރފޯމަންސް ސްކޯ %85 ނުވަތަ އެއަށްވުރެ މަތިވެފައިވުން.

 

  1. 5.        އިސްލާމް:

 

(5.1) ގުރޭޑް 10 ނުވަތަ 11 ނުވަތަ 12 އަށް ސްކޫލެއްގައި ކިޔަވައިދޭ ފަރާތަކަށްވުމާއެކު، ފާއިތުވި ހަތަރު އަހަރުގެ ތެރެއިން ދެ އަހަރު މާކިން މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެފައިވުން ނުވަތަ

 

(5.2) ކީސްޓޭޖް 5) ގްރޭޑް 11 ނުވަތަ 12) ނުވަތަ  ކީސްޓޭޖް 4ގެ ގްރޭޑް 10ގެ ސިލަބަހުގެ މަސައްކަތުގައި މިހާރު ވެސް  މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި   ޢަމަލީގޮތުން ނުވަތަ  ފަންނީލަފާދިނުމުގެ  މަސައްކަތްކުރާ ފަރާތަކަށްވުން  ނުވަތަ

 

(5.3)  ވޭތުވެދިޔަ އަހަރުގެ އެޗް.އެސް.ސީ އިސްލާމް އިމްތިޙާނުގައި  ޗީފު އެގްޒޭމިނަރަކަށް، ނުވަތަ ލީޑް އެގްޒޭމިނަރަކަށް ނުވަތަ، އޮޑިޓިން އެގްޒޭމިނަރަކަށް ނުވަތަ މޮޑަރޭޓިން އެގްޒޭމިނަރަކަށް ނުވަތަ މާކަރެއްގެ  ގޮތުގައި ބައިވެރިވެފައިވާ ނަމަ، މާކިން ނިމުނުއިރު ލިބިފައިވާ ޕަރފޯމަންސް ސްކޯ %85  ނުވަތަ އެއަށްވުރެ މަތިވެފައިވުން

 

* އިސްލާމް މާކު ކުރުމަށް ލީޑް އެގްޒޭމިނަރުން ކަނޑައެޅުމުގައި ޢަރަބި ބަހުން ދީނީ ތަޢުލީމުގެ ފުރަތަމަޑިގްރީ ޙާޞިލް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަސްޢޫލިއްޔަތުތައް:

 

ޗީފް އެގްޒޭމިނަރުގެ މަސްޢޫލިއްޔަތުތައް:

 

  1. ޗީފް އެގްޒޭމިނަރަކީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް ގެ އެ މާއްދާއަކަށް ކަނޑައަޅާ، ސީނިއަރ ޕަބްލިކް އެގްޒޭމިނޭޝަންސް އެނަލިސްޓެވެ. ނުވަތަ ޑީ.ޕީ.އީ އިން އެ އިމްތިޙާނަކަށް ކަނޑައަޅާ ޗީފް އެގްޒޭމިނަރެކެވެ.
  2. ޗީފް އެގްޒޭމިނަރަކީ މާކިންގ ހޯލުގައި ހިނގަމުންދާ އެންމެހައި މަސައްކަތްތަކެއްގެ އެންމެ އިސްފަރާތެވެ.
  3. ޗީފް އެގްޒޭމިނަރުގެ މަސްޢޫލިއްޔަތަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ،އިންސާފުވެރިކަމާ އެކު މާކިންގ ގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުމެވެ.
  4. ޗީފް އެގްޒޭމިނަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގައި ބައިވެރިވި ކެނޑިޑޭޓުންނާއި މާކިން މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކޮށް ދިނުމަށް ބާރުއަޅަން ވާނެއެވެ. 
  5. ޗީފް އެގްޒ މިނަރަކީ ޑީޕީއީގެ މުވައްޒަފަކަށް ނުވާ ނަމަ، އެގްޒޭމިނަރުންނެކޭ އެއްފަދައިން މާކިންގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާންވާނެއެވެ.
  6. ޗީފް އެގްޒ މިނަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގެ މާކިން މަސައްކަތް ކުރިއަށް ގެންދިޔުމުގައި އަންނަ ނިވި ނުކުތާތަކާއެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.

6.1     މާކިންގ މަސައްކަރް ފެށުމުގެ ކުރިން އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ. (ޑީޕީ.އީގެ ސީނިއަރ ޕަބްލިކް އެގްޒަމިނޭޝަން އެނަލިސްޓެއް ކަމުގައި ނުވާނަމަ)

6.2     މާކިންގެ މަސައްކަތް ފެށުމުގެ ކުރީން މާކިންގައި ބައިވެރިވާ އެންމެހައި ފަރާތްތައް މާކަރުންގެ އެއްބަސްވުމުގައި ސޮއި ކުރެވިފައިވާކަން ކަށަވަރު ކުރާން ވާނެއެވެ.

6.3     މާކިންއަށް ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި ޗީފް އެގްޒަމިނަރުންގެ ޙާޟިރީގައި ސޮއިކުރުމާއެކު މާކިން ހޯލުގައި މަސައްކަތް ކުރާ އެންމެހައި ފަރާތްތައް ޙާޟިރީގައި ސޮއި ކުރިކަން ކަށަވަރު ކުރަންވާނެއެވެ.

6.4     އިމްތިޙާނުގެ އެންމެހައި ބައިވެރިންގެ ޙައްޤުތަކަށް އުނިކަމެއް ލިބޭ ފަދަ އެއްވެސް ކަމެއް މާކިން ހޯލުގައި ހިނގާތޯބަލައި އެފަދަ ކަމެއް ހިނގާނަމަ، ވަގުތުން އެކަމެއް ޙައްލުކުރަންވާނެއެވެ.

6.5     އެގްޒޭމިނަރުންނާއި މާކަރުންގެ މަސައްކަތާއި އިދާރީ މުވައްޒަފުންގެ މަސައްކަތްތައް ބަލަހައްޓަން ވާނެއެވެ

6.6     މަސައްކަތުގެ ހޯލުގައި މަސައްކަތަށް ދަތިވާފަދަ އަމަލެއް ހިންގާ ނަމަ އެފަދަކަންކަން ނުހިނގާނެ ގޮތަށް އެފަދަ ފަރާތްތަކަށް ނަސޭހަތްދީ އަޅަންޖެހޭ ފިޔަވަޅުއަޅައި، އޮމާންކަމާ އެކު މާކިންގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންގޮސްދޭންވާނެއެވެ.

6.7     މާކިން ފެށުމަށްފަހު، އޮޑިޓިން އެގްޒަމިނަރުންނާއި މޮޑަރޭޓިން އެގްޒަމިނަރުން އަދި މާކަރުން ގެ މާކިން އެއް މިންގަޑެއްގައި ބެހެއްޓެވުމަށްޓަކައި މާކަރަކު މާކުކުރާ ކަރުދާހުގެ ފޮޓޯކޮޕީ ކަރުދާސް. އެ މާކަރަކު ބަލަހައްޓަވާ އޮޑިޓިން އެގްޒޭމިނަރާއި މޮޑަރޭޓިން އެގްޒޭމިނަރު ލައްވާ މާކުކުރުވަން ވާނެއެވެ.

6.8     އޮޑިޓިން އެގްޒަމިނަރު މާކުކުރި ފޮޓޯކޮޕީ ކަރުދާހާއި މޮޑަރޭޓިން އެގްޒަމިނަރު މާކުކުރި ފޮޓޯކޮޕީ ކަރުދާހާއި އޭގެ އަސްލު ކަރުދާހާ އަޅާ ބެލުމަށްފަހު، ކަރުދާހުގެ ޖުމުލަ މާކުހުގެ ފަރަގު 3 އަކަށްވުރެ ބޮޑުނަމަ ނުވަތަ ތަފާތު ސުވާލުތަކުގެ މާކުހުގެ ފަރަގު 3 އަކަށްވުރެ ބޮޑުނަމަ އެ ސުވާލުތައް މާކު ކުރުމުގައި ހިފަހައްޓަން ޖެހޭ މިންގަނޑާބެހޭ ގޮތުން ލީޑް އެގްޒަމިނަރަށް އިރުޝާދާ ލަފާދޭންވާނެއެވެ. (ތަފާތު ބޮޑީ މޮޑަރޭޓިން އެގްޒޭމިނަރު ކަމުގައި ވާނަމަ މޮޑަރޓިންގ އެގްޒޭމިނަރަށް އިރުޝާދު ދޭނީ ލީޑް އެގްޒޭމިނަރެވެ. ނަމަވެސް ތަފާތު ބޮޑީ މާކަރުނަމަ މާކަރަށް ލަފަޔާ އިރުޝާދު ދޭންވާނީ މޮޑަރޓިން އެގްޒޭމިނަރެވެ. މަޒުމޫނާއި ވާހަކަ ނުވަތަ ރިޕޯޓުގެ ތަފާތެއްކަމަށް ބަލާނީ 3 މާކުހަށްވުރެ ތަފާތު ބޮޑުނަމައެވެ. (

6.9     މާކިން މައްސަލަ ހުރި ދިމާއަށް ބޮޑަށް ސަމާލުކަން ދިނުމަށާއި، ސަމާލުކަންދޭންވީ ގޮތް ލީޑް އެގްޒޭމިނަރު މެދުވެރިކޮށް މައްސަލަ ހުރި މާކަރުންނަށް އަންގަންވާނެއެވެ.

6.10 މާކަރެއްގެ މާކިން މައްސަލަ ރަނގަޅުކުރުމަށް ތަކުރާރުކޮށް އިރުޝާދު ދިނުމުންވެސް އެ މައްސަލަ ހައްލުނުކުރެވިއްޖެނަމަ، އެ މާކަރެއްގެ މައްސަލަ ބައްލަވައި، އެ މާކަރަކަށް މާކިންގެ މަސައްކަތް ކުރެވޭވަރު ނުވާ ނަމަ، އެގްޒޭމިނަރުންގެ މަޝްވަރާގެ މަތިން އެ މާކަރަކު މަސައްކަތުން އެކަހެރި ކުރަންވާނެއެވެ.

6.11  ދުވަހުން ދުވަހަށް މާކިން މަސައްކަތް ހިނގަމުން ދާގޮތުގެ ރިޕޯޓް ޑީ.ޕީ.އީ އީން މާކިން މަސައްކަތާ ހަވާލުވެހުރި ފަރާތަށް ހުށައަޅަން ވާނެއެވެ.

6.12  މާކިން މަސައްކަތް ނިމުމަށްފަހު، އެ އަހަރުގެ މާކިން ހިނގާ ދިޔަގޮތާއި ކުރިއަށް އިސްލާޙުކުރަން ފެންނަކަންތައް ބަޔާންކޮށް 'މާކިން ހިގާދިޔަގޮތުގެ ޚުލާސާ ރިޕޯޓު' ޑީޕީއީއަށް ހުށައަޅަންވާނެއެވެ.) މި މަސައްކަތް ކުރިއަށް ގެންދާނީ ލީޑް އެގްޒޭމިނަރުންނާއި، އޮޑިޓިން އެގްޒޭމިނަރުންނާއި މޮޑަރޭޓިން އެގްޒޭމިނަރުންނާ އެކުގައެވެ.

6.13  މާއްދާ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތާއި ނަމޫނާ ޖަވާބުތައް ހޯދައި މާކިން މަސައްކަތް ނިމުމުން މާއްދާ ރިޕޯޓް ލިޔަންވާނެއެވެ.

6.14  ޑީ.ޕީ.އީ އިން އެދިއްޖެ ހާލަތެއްގައި ރީޗެކަށް އެދި ކެނޑިޑޭޓުންގެ ޖަވާބު ކަރުދާސްތައް މާކުކޮށް ދޭންވާނެއެވެ.

 

ލީޑް އެގްޒޭމިނަރުގެ މަސްޢޫލިއްޔަތުތައް:

 

  1. ލީޑް އެގްޒޭމިނަރުންގެ މަސްއޫލިއްޔަތަކީ ތެދުވެރިކަމާއި އިންސާފުވެރިކަމާއެކު މާކިންގެ އެންމެހައި މަސައްކަތްތައް ޗީފު އެގްޒޭމިނަރުގެ އިރުޝާދާއެކު، ބަލަހައްޓަވައި ދެއްވުމެވެ.
  2. ލީޑް އެގްޒ މިނަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގައި ބައިވެރިވި ކެނޑިޑޭޓުންނާއި މާކިން މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް ދިނުމަށް ބާރުއަޅަން ވާނެއެވެ.
  3. ލީޑް އެގްޒޭމިނަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގެ މާކިން މަސައްކަތް ކުރިއަށް ގެންދިޔުމުގައި އަންނަނިވި ނުކުތާތަކާއެއްގޮތަށް ޢަމަލުކުރަން ވާނެއެވެ

3.1   މާކިން މަސައްކަތް ފެށުމުގެ ކުރިން އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ

3.2   މާކިންއަށް ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި ލީޑް އެގްޒޭމިނަރުންގެ ޙާޟިރީގައި ސޮއި ކުރަންވާނެއެވެ.

3.3   އިމްތިޙާނުގެ އެންމެހައި ބައިވެރިންގެ ޙައްޤުތަކަށް އުނިކަމެއް ލިބޭ ފަދަ އެއްވެސް ކަމެއް މާކިންގެ ތެރޭގައި ހިނގާތޯ ބައްލަވައި ދެއްވާ އެފަދަކަމެއް ހިނގާނަމަ، ޗީފް އެގްޒޭމިނަރަށް އެކަން އަންގަންވާނެއެވެ.

3.4   މަސައްކަތުގެ ހޯލުގައި މަސައްކަތަށް ދަތިވާފަދަ އަމަލެއް ހިންގާނަމަ އެފަދަކަންކަން ނުހިނގާނ ގޮތަށް އެފަދަ ފަރާތްތަކަށް ނަސޭހަތްދީ، އޮމާން ކަމާއެކު މާކިންގެ އެންމެހައި މަސައްކަތް ނިންމަވައި ދޭންވާނެއެވެ.

3.5   ލީޑް އެގްޒޭމިނަރުންނަށް ހަވާލުކުރެވިފައިވާ އޮޑިޓިން އެގްޒޭމިނަރުންނާއި މޮޑަރޭޓިން އެގްޒޭމިނަރުން މާކުކޮށް ނިމިފައިހުރި ކަރުދާސްތަކުގެ ތެރެއިން ކޮންމެ ގްރޫޕަކުން މާކަރެއްގެ އެއް ކަރުދާސް ކޮންމެދުވަހަކުވެސް މޮޑަރޭ ޓްކޮށް، އެހެން މާކަރުންގެ މަސައްކަތް ރެންޑަމްކޮށް ޗެކްކުރަން ވާނެއެވެ

3.6   މާކުކުރަން ފެށުމުގެ ކުރީ ދުވަހު ނުވަތަ ޑީޕީއީން އަންގަވާ ދުވަހަކު މާކު ކުރަން ހަމަޖެހިފައިވާ ފޮޓޯ ކޮޕީ ކަރުދާހުގެ ދެކަރުދާސް މާކު ކޮށްދޭންވާނެއެވެވެ އަދި މާކިން ފެށުމަށްފަހު ޑީޕީއީން އަންގާ ގޮތެއްގެ މަތީން ކޮންމެވެސް ދެ މާކަރެއްގެ ފޮޓޯކޮޕީ ކަރުދާސް މާކުކުރުމަށްފަހު، ޗީފް އެގްޒޭމިނަރުގެ މޭޒާ ޙަވާލުކުރަން ވާނެއެވެ.

3.7   މާކިން މައްސަލަ ހުރި ދިމާއަށް ބޮޑަށް ސަމާލުކަން ދިނުމަށާއި، ސަމާލުކަންދޭންވީގޮތް، މޮޑަރޭޓިން އެގްޒޭ މިނަރުން މެދުވެރިކޮށް މައްސަލަ ހުރި މާކަރުންނަށް އަންގަންވާނެއެވެ. މައްސަލަޖެހޭ މާކަރުންގެ މައްސަލަ ފަހަށް ބެހެއްޓުމަކީ އޭގެ ސަބަބުން ކުރިން މާކުކުރި ހުރިހާ ޖަވާބުކަރުދާސްތައް އަލުން މާކުކުރަން ޖެހިދާނެ ކަމަކަށްވާތީ މިކަމަށް ލީޑް އެގްޒޭމިނަރުން ސަމާލުކަން ދޭންވާނެއެވެ.

3.8   މުޅި ކަރުދާހަށް ނުވަތަ 8 (އަށެއް) މާކުހުން ފެށިގެން މަތީން މާކުސް ލިބޭ ސުވާލަކަށް (އިސްލާމީ ތަރުބިޔަތު މާއްދާގައި ކަރުދާސް 2 ގެ ފުރަތަމަ ބަޔާއި ދެވަނަ ބައިގެ ޢަޤީދާއާއި ފިޤުހުގެ ބައިގެ ހުރިހާ ސުވާލަކަށް) ސުމެއްދޭން ޖެހިއްޖެނަމަ، އެ ސުވާލަށް ސުމެއް ދެވޭތޯ ބަލައިދޭންވާނެއެވެ. އަދި އެ ސުވާލަށް ސުމެއްދެވޭ ނަމަ އަރިމަތީ ހަވާސާގައި ރަތްގަލަމުން ސުމެއް ދެވޭ ސަބަބު ލިޔެ ސޮއިކުރަންވާނެއެވެ. ސުމެއް ނުދެވޭނަމަ ސުމެއް ނުދެވޭ ސަބަބު އޮޑިޓިން އެގްޒޭމިނަރާއި މޮޑަރޭޓިން އެގްޒޭމިނަރު ބުނެދީ އަލުން އެސުވާލުގެ ޖަވާބު މާކުކުރަން މާކަރާ ޙަވާލުކުރަން ވާނެއެވެ.

3.9   މާކަރެއްގެ މާކިން މައްސަލަ ރަނގަޅުކުރުމަށް ތަކުރާރުކޮށް، އިރުޝާދު ދިނުމުންވެސް އެ މައްސަލަ ހައްލުނުކުރެވިއްޖެނަމަ، އެ މާކަރެއްގެ މައްސަލަ ބައްލަވައި، އެ މާކަރަކަށް މާކިންގެ މަސައްކަތް ކުރެވޭވަރު ނުވާނަމަ، ޗީފް އެގްޒަމިނަރުންގެ މަޝްވަރާގެ މަތިން އެ މާކަރަކު މަސައްކަތުން އެކަހެރި ކުރަންވާނެއެވެ،

3.10  މާކިން މަސައްކަތް ނިމުމަށްފަހު، އެ އަހަރުގެ މާކިން ހިނގާ ދިޔަގޮތާއި ކުރިއަށް އިސްލާޙުކުރަން ފެންނަކަންތައް ބަޔާންކޮށް 'މާކިން ހިނގާދިޔަގޮތުގެ ޚުލާޞާ ރިޕޯޓު' ޑީޕީއީއަށް ހުށައަޅަންވާނެއެވެ. ) މި މަސައްކަތް ކުރިއަށް ގެންދާނީ ލީޑް އެގްޒޭމިނަރުންނާއި، އޮޑިޓިން އެގްޒޭމިނަރުންނާއި، މޮޑަރޭޓިން އެގްޒޭ މިނަރުންނާއެކުގައެވެ. (

3.11  ޑީ.ޕީ.އީ އިން އެދިއްޖެ ހާލަތެއްގައި ރީޗެކަށް އެދޭ ކެނޑިޑޭޓުންގެ ޖަވާބު ކަރުދާސްތައް މާކުކޮށް ދޭންވާނެއެވެ.

 

އޮޑިޓިންގ އެގްޒޭމިނަރުގެ މަސްޢޫލިއްޔަތުތައް:

 

  1.  އޮޑިޓިން އެގްޒޭމިނަރުންގެ މަސްއޫލިއްޔަތަކީ ތެދުވެރިކަމާއި، އިންސާފުވެރިކަމާއެކު މާކިންގެ އެންމެހައި މަސައްކަތްތައް ލީޑް އެގްޒޭމިނަރުންގެ އިރުޝާދާއެކު، ބަލަހައްޓަވައި ދެއްވުމެވެ.
  2. އޮޑިޓިން އެގްޒޭމިނަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގައި ބައިވެރިވި ކެނޑިޑޭޓުންނާއި މާކިން މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަށް ބާރުއަޅަން ވާނެއެވެ.
  3. އޮޑިޓިން އެގްޒ މިނަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގެ މާކިން މަސައްކަތް ކުރިއަށް ގެންދިޔުމުގައި އަންނަނިވި ނުކުތާތަކާ އެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.

3.1     މާކިން މަސައްކަތް ފެށުމުގެ ކުރިން އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ.

3.2     މާކިންއަށް ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި އެގްޒ މިނަރުންގެ ޙާޟިރީގައި ސޮއި ކުރަންވާނެއެވެ.

3.3     އިމްތިޙާނުގެ އެންމެހައި ބައިވެރިންގެ ޙައްޤުތަކަށް އުނިކަމެއް ލިބޭ ފަދަ އެއްވެސް ކަމެއް މާކިންގެ ތެރޭގައި ހިނގާތޯ ބައްލަވައި ދެއްވާ އެފަދަކަމެއް ހިނގާނަމަ އެކަން ލީޑް އެގްޒޭމިނަރަށް އަންގަންވާނެއެވެ.

3.4     މަސައްކަތުގެ ހޯލުގައި މަސައްކަތަށް ދަތިވާފަދަ އަމަލެއް ހިންގާނަމަ އެފަދަކަންކަން ނުހިނގާނޭ ގޮތަށް އެފަދަ ފަރާތްތަކަށް ނަސޭހަތްދީ، އޮމާން ކަމާއެކު މާކިންގެ އެންމެހައި މަސައްކަތް ނިންމަވައި ދޭންވާނެއެވެ.

3.5     މާކުކުރަން ފެށުމުގެ ކުރީ ދުވަހު ނުވަތަ ޑީޕީއީން އަންގަވާ ދުވަހަކު މާކު ކުރަން ހަމަޖެހިފައިވާ ފޮޓޯ ކޮޕީ ކަރުދާހުގެ ދެކަރުދާސް މާކު ކޮށްދޭންވާނެއެވެ. އަދި މާކިން ފެށުމަށްފަހު ޑީޕީއީން އަންގާ ގޮތެއްގެ މަތީން ކޮންމެވެސް ދެ މާކަރެއްގެ ފޮޓޯކޮޕީ ކަރުދާސް މާކުކުރުމަށްފަހު، ޗީފް އެގްޒޭމިނަރުގެ މޭޒާ ޙަވާލުކުރަން ވާނެއެވެ.

3.6     އޮޑިޓިން އެގްޒަމިނަރުންނާ ހަވާލުކުރެވިފައިވާ ކޮންމެ ގްރޫޕަކުން ދެ މާކަރެއްގެ މާކިނ، މާކިންގެ ފުރަތަމަ ދުވަހު ރެންޑަމްކޮށް ޗެކުކޮށް ދޭންވާނެއެވެ.

3.7     އޮޑިޓިން އެގްޒޭމިނަރުންނާ ހަވާލުކުރެވިފައިވާ ކޮންމެ ގްރޫޕަކުން ދެ މާކަރެއް، މާކުކުރާ ކަރުދާސްތަކުގެ ތެރެއިން ކޮންމެ 10 ކަރުދާހުގެ ޕެކެޓަކުން 1 ކަރުދާސް މޮޑަރޭޓްކުރަން ވާނެއެވެ. އެގޮތުން މާކިންގައި މައްސަލަ ހުރިނަމަ ވަގުތުން އެކަން ލީޑް އެގްޒާމިނަރަށާއި މޮޑަރޭޓިން އެގްޒޭމިނަރަށް އަންގާ، ދޭންޖެހޭ އިރުޝާދު ލަސްނުވެ ދޭންވާނެއެވެ. އަދި އެހެން ކަރުދާސްތައް ރެންޑަމްކޮށް ޗެކުކޮށް ދޭންވާނެއެވެ.

3.8     މާކިން މައްސަލަ ހުރި ދިމާއަށް ބޮޑަށް ސަމާލުކަން ދިނުމަށާއި، ސަމާލުކަން ދޭންވީގޮތް، މޮޑަރޭޓިން އެގްޒޭމިނަރުން މެދުވެރިކޮށް މައްސަލަ ހުރި މާކަރުންނަށް އަންގަންވާނެއެވެ.

3.9     މުޅި ކަރުދާހަށް ނުވަތަ އަށެއް މާކުހުން ފެށިގެން މަތީން މާކުސް ލިބޭ ސުވާލަކަށް (އިސްލާމީ ތަރުބިޔަތު މާއްދާގައި ކަރުދާސް 2 ގެ ފުރަތަމަ ބަޔާއި ދެވަނަ ބައިގެ ޢަޤީދާއާއި ފިޤުހުގެ ބައިގެ ހުރިހާ ސުވާލަކަށް) ސުމެއް  ދޭން ޖެހިއްޖެނަމަ، އެ ސުވާލަށް ސުމެއް ދެވޭތޯ ބަލައިދޭންވާނެއެވެ. އަދި އެ ސުވާލަށް ސުމެއްދެވޭނަމަ އަރިމަތީ ހަވާސާގައި ރަތްގަލަމުން ސުމެއް ދެވޭ ސަބަބު ލިޔެ ސޮއިކުރަންވާނެއެވެ. ސުމެއް ނުދެވޭނަމަ ސުމެއް ނުދެވޭ ސަބަބު މޮޑަރޭޓިން އެގްޒޭމިނަރާއި މާކަރަށް ބުނެދީ އަލުން އެސުވާލުގެ ޖަވާބު މާކުކުރަން މާކަރާ ޙަވާލުކުރަން ވާނެއެވެ.

3.10  މާކަރެއްގެ މާކިން މައްސަލަ ރަނގަޅުކުރުމަށް ތަކުރާރުކޮށ،ް އިރުޝާދު ދިނުމުންވެސް އެ މައްސަލަ ހައްލުނުކުރެވިއްޖެނަމަ، އެ މާކަރެއްގެ މައްސަލަ ބައްލަވައި، އެ މާކަރަކަށް މާކިންގެ މަސައްކަތް ކުރެވޭ ވަރު ނުވާނަމަ، ޗީފްއެގްޒޭމިނަރުންގެ މަޝްވަރާގެ މަތިން އެ މާކަރަކު މަސައްކަތުން އެކަހެރި ކުރަންވާނެއެވެ.

3.11  މާކިން މަސައްކަތް ނިމުމަށްފަހު، އެ އަހަރުގެ މާކިން ހިނގާ ދިޔަގޮތާއި ކުރިއަށް އިސްލާޙުކުރަން ފެންނަކަންތައް ބަޔާންކޮށް 'މާކިން ހިގާދިޔަގޮތުގެ ޚުލާ ޞާ ރިޕޯޓު' ޑީޕީއީއަށް ހުށައަޅަންވާނެއެވެ. (މި މަސައްކަތް ކުރިއަށް ގެންދާނީ ލީޑް އެގްޒޭމިނަރުންނާއި، އޮޑިޓިން އެގްޒޭމިނަރުންނާއި މޮޑަރޭޓިން އެގްޒޭމިނަރުންނާއެކުގައެވެ.)

3.12  ޑީ.ޕީ.އީ އިން އެދިއްޖެ ހާލަތެއްގައި ރީޗެކަށް އެދި ކެނޑިޑޭޓުންގެ ޖަވާބު ކަރުދާސްތައް މާކުކޮށް ދޭންވާނެއެވެ.

 

މޮޑަރޭޓިންގ އެގްޒޭމިނަރުގެ މަސްޢޫލިއްޔަތުތައް:

 

  1. މޮޑަރޭޓިން އެގްޒޭމިނަރުންގެ މަސްއޫލިއްޔަތަކީ ތެދުވެރިކަމާއި، އިންސާފުވެރިކަމާއެކު މާކިންގެ އެންމެހައި މަސައްކަތްތައް މޮޑަރޭޓިން އެގްޒޭމިނަރުންގެ އިސްކޮށް ތިއްބަވާ އެގްޒޭމިނަރުންގެ އިރުޝާދާއެކު، ބަލަހައްޓަވައި ދެއްވުމެވެ.
  2. މޮޑަރޭޓިން އެގްޒޭމިނަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގައި ބައިވެރިވި ކެނޑިޑޭޓުންނާއި މާކިން މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަށް ބާރުއަޅަން ވާނެއެވެ
  3. މޮޑަރޭޓިން އެގްޒޭމިނަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގެ މާކިން މަސައްކަތް ކުރިއަށް ގެންދިޔުމުގައި އަންނަނިވި ނުކުތާތަކާއެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.

3.1   މާކިން މަސައްކަތް ފެށުމުގެ ކުރިން އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ.

3.2   މާކިންއަށް ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި ޙާޟިރީގައި ސޮއި ކުރަންވާނެއެވެ.

3.3   އިމްތިޙާނުގެ އެންމެހައި ބައިވެރިންގެ ޙައްޤުތަކަށް އުނިކަމެއް ލިބޭ ފަދަ އެއްވެސް ކަމެއް މާކިންގެ ތެރޭގައި ހިނގާތޯ ބައްލަވައި ދެއްވާ އެފަދަކަމެއް ހިނގާ ނަމަ އެކަން އޮޑިޓިން އެގްޒޭމިނަރަށް އަންގަންވާނެއެވެ.

3.4   މަސައްކަތުގެ ހޯލުގައި މަސައްކަތަށް ދަތިވާފަދަ އަމަލެއް ހިންގާނަމަ އެފަދަކަންކަން ނުހިނގާނ ގޮތަށް އެފަދަ ފަރާތްތަކަށް ނަސޭހަތްދީ، އޮމާން ކަމާއެކު މާކިންގެ އެންމެހައި މަސައްކަތް ނިންމަވައި ދޭންވާނެއެވެ.

3.5   މާކުކުރަން ފެށުމުގެ ކުރީ ދުވަހު ނުވަތަ ޑީޕީއީން އަންގަވާ ދުވަހަކު މާކު ކުރަން ހަމަޖެހިފައިވާ ފޮޓޯ ކޮޕީ ކަރުދާހުގެ 5 ކަރުދާސް މާކު ކޮށްދޭންވާނެއެވެ. އަދި މާކިން ފެށުމަށްފަހު ޑީޕީއީން އަންގާ ގޮތެއްގެ މަތީން ކޮންމެ މާކަރެއްގެ ޕޮޓޯކޮޕީ އެއްކަރުދާސް މާކުކުރުމަށްފަހު ޗީފް އެގްޒޭމިނަރުގެ މޭޒާ ޙަވާލުކުރަން ވާނެއެވެ.

3.6   މާކަރުން މާކުކުރާ ފޮޓޯކޮޕީކަރުދާހާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމުގައި ކޮންމެ މޮޑަރޭޓިން އެގްޒޭމިނަރެއްވެސް ބައިވެރިވާން ވާނެއެވެ. އަދި ޗީފް އެގްޒޭމިނަރު ދެއްވާ މަޝްވަރާގެ މަތިން މާކިން ކަންތައް ކުރިއަށް ގެންގޮސް ދޭންވާނެއެވެ.

3.7   ފޮޓޯ ކޮޕީ ކަރުދާހުގެ އަސްލުކަރުދާސް އޮންނަ ޕެކެޓުތައް ފިޔަވައި އެހެން ކޮންމެ 10 ކަރުދާހަކުން އެއްކަރުދާސް މޮޑެރޭޓް ކޮށްދޭންވާނެއެވެ.

3.8   މޮޑަރޭޓްކުރި ކަރުދާސްތަކުގެ މަޒުމޫނާއި ވާހަކަ ނުވަތަ ރިޕޯޓު ފިޔަވާ އެހެން ސުވާލުތަކުގެ މާކުހުގެ ފަރަގު 3 އަކަށްވުރެ ބޮޑުނަމަ އެ ސުވާލުތައް މާކު ކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑާބެހޭ ގޮތުން އޮޅުން ފިލުވައިދީ މާކަރުންނަށް އިރުޝާދު ދޭންވާނެއެވެ. )މަޒުމޫނާއި ވާހަކަ ނުވަތަ ރިޕޯޓުގެ ތަފާތެއްކަމަށް ބަލާނީ 5 މާކުހުގެ ފަރަގު ހުންނަ ނަމައެވެ.)

3.9   މާކިންގެ ތަފާތު ބޮޑުނަމަ އެ ޕެ ކެޓުގެ އެހެން ކަރުދާހެއް މޮޑެރޭޓު ކުރަން ވާނެއެވެ. މިގޮތަށް މޮޑަރޭޓު ކުރުމުންވެސް އެކުށް ތަކުރާރުވާނަމަ، އެ ޕެކެޓުގެ އެ ސުވާލު، މާކަރު ލައްވާ އަލުން މާކުކުރުވަން ވާނެއެވެ. ތަފާތު ނުވާނަމަ ކުރިން މާކުކުރި ކަރުދާހުގެ އެ ސުވާލު އިސްލާހު ކުރުވާނީއެވ.

 

މާކްސް ދެވޭ ގޮތުގެ ތަފްޞީލް

ބަލާނެ ބައިތައް

އެގްޒޭމިނަރުން (%)

ތަޢުލީމް

30

ކިޔަވައިދިނުމާގުޅޭ މަސައްކަތުގެ ތަޖުރިބާ/  ސިލަބަސް އެކު ލަވައިލުން / ފަންނީލަފާ ދިނުން

10

މާކު ކުރުމުގެ މަސައްކަތުގެ ތަޖުރިބާ

20

އިންޓަވިއު

20

ޕްރެކްޓިކަލް

20

 

 

 

 

 

 

 

 

 

 

އެގްޒޭމިނަރުން މަސައްކަތަށް އެދި ހުށަހަޅާ ފަރާތްތަކަށް  މާކުސް ލިބޭނެގޮތް

 

ދާއިރާ

ތަފްޞީލް

މާކުސް

ތަޢުލީމް

ޕީ.އެޗް.ޑީ

މާސްޓަރސް

ޑިގްރީ

ޑިޕްލޮމާ

45

40

35

30

ކިޔަވައިދިނުމާގުޅޭ މަސައްކަތުގެ ތަޖުރިބާ ( ތަޖުރިބާ ގުނުމުގައި ބަލާނީ ފާއިތުވެދިޔަ އެންމެފަހުގެ 5 އަހަރަށެވެ).

  • ކިޔަވައިދިނުން
  • ސިލަބަސް އެކު ލަވައިލުން
  • ފަންނީލަފާ ދިނުން

 

10

 

މާކު ކުރުމުގެ މަސައްކަތުގެ ތަޖުރިބާ

( ތަޖުރިބާ ގުނުމުގައި ބަލާނީ ފާއިތުވެދިޔަ އެންމެފަހުގެ 5 އަހަރަށެވެ.

ޗީފް އެގްޒޭމިނަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުން

ލީޑް އެގްޒޭމިނަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުން

އޮޑިޓިން އެގްޒޭމިނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައި ވުން

މޮޑަރޭޓިން އެގްޒޭމިނރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުން

މާކަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވުން

50

 

45

 

40

 

35

 

30

އިންޓަވިއު

އިންޓަވިއު

20

ޕްރެކްޓިކަލް

ޕްރެކްޓިކަލް

100

 

 

 

 

މަސައްކަތްކުރަންޖެހޭ މުއްދަތު

30  ނޮވެމްބަރ 2025 އިން 10 ޖަނަވަރީ 2026 އަށް

މަސައްކަތް ކުރިއަށް ދާނެ ތާރީޚާއި ވަގުތު

މާކިންގ ސްކީމް ފައިނަލް ކުރުން:

   30 ނޮވެމްބަރ 2025 އިން 14 ޑިސެމްބަރ 2025 އަށް (14:00 އިން 18:00 އަށް)

  މާކިންގ ތަމްރީން:

15 ޑިސެމްބަރ 2025 އިން 18 ޑިސެމްބަރ 2025 އަށް (ހެނދުނު 14:00 އިން 18:00 އަށް)

މާކިންގ:

   21 ޑިސެމްބަރ 2025 އިން 10  ޖަނަވަރީ 2025 އަށް (ހެނދުނު 8:00 އިން 18:00 އަށް)

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ މާކިންގ ގެ މަސައްކަތަށް އެދި ހުށަހަޅާ ފޯމު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އަދި ތިރީގައިމިވާ ލިންކުންވެސް ލިބެން ހުންނާނެއެވެ.

Marking Work Application Form

  1. ވަނަވަރު (ސީ.ވީ)
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ  ( ކިޔަވައިދޭ މާއްދާއާގުޅޭ އެންމެމަތީ ސެޓްފިކެޓް )
  4. ވަޒީފާ އަދާކުރާނަމަ އެކަމުގެ ލިޔުން (އެޗް.އެސް.ސީ އިމްތިޙާނު މާކު ކުރުމުގެ މަސައްކަތަށް މީހުން ނެގުމުގެ އުސޫލުގައިވާ ފޯމެޓާ އެއްގޮތަށް)
  • ·         ނޯޓް: މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް (ހުށަހަޅަންޖެހޭ ތަކެތި) އެއް ޑޮކިއުމެންޓެއްގެ ގޮތުގައި ޕީ.ޑީ. އެފް ފޯމެޓަށް ތައްޔާރުކޮށް ގޫގުލް ފޯމުގައި އެޓޭޗު ކުރަންވާނެއެވެ.

 

ސުންގަޑި:

14 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 18 ސެޕްޓެމްބަރ 2025 އާއި 12އޮކްޓޯބަރ 2025 އާ ދެމެދުގެ ތާރީޚެއްގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް ގައެވެ. 

އެދެންވީ ގޮތް:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.
  • https://forms.gle/UXeS3xg698HgJHuh8
  • އެސް.އެސް.ސީ/އެޗް.އެސް.ސީ އިމްތިޙާނު މާކު ކުރުމުގެ މަސައްކަތަށް މީހުންނެގުމުގެ އުސޫލު މި ޑިޕާޓްމަންޓް ގެ ވެބްސައިޓުގައި އާއްމުކުރެވިފައިވާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 3041338 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.

 

11 ރަބީޢުލްއައްވަލް 1447

03 ސެޕްޓެމްބަރު 2025

03 ސެޕްޓެންބަރު 2025