ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)384/384/2025/58
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 21:57
ސުންގަޑި: 10 ސެޕްޓެންބަރު 2025 13:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު މަޑިފުށީގައި ސީސީޓީވީ ހަރުކުރުމަށް 2 ވަނަ ފިޔަވައްސަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ(ހަތަރުވަނަ އިޢުލާން)

ކޮޅުމަޑުލު މަޑިފުށީގައި ސީސީޓީވީ ހަރުކުރުމަށް ދެވަނަ ފިޔަވައްސަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި (IUL)384/384/2025/51 ނަމްބަރ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ މަޢުލޫމާތު ޝީޓަށް ބަދަލުގެނެސް، އަލުން މިތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

ވީމާ، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2025  ބުދަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. ބިޑް ހުށައެޅުން އޮންނާނީ 14 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ރެޖިސްޓްރޭޝަން ފޯމް: https://forms.office.com/r/gusJ9j35Su

 

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

02 ސެޕްޓެންބަރު 2025