ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-ESDS/468/2025/228
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 07 ސެޕްޓެންބަރު 2025 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެޓެރެންސް ފުޓްސަލް މުބާރާތް 2025 ސްޕޮންސާރ ކުރުމުގެ ފުރުސަތު ހުޅުވާލުން

ފުވައްމުލައް ސިޓީ ކައުންސިލް ވެޓެރެންސް ފުޓްސަލް މުބާރާތް 2025" ސްޕޮންސާރ ކުރުމުގެ ފުރުސަތު ހުޅުވާލުން

އެހެން އަހަރުތަކެކޭ އެއްފަދައިން 2025 ވަނަ އަހަރުގެ ފުވައްމުލައް ސިޓީ ކައުންސިލްގެ ކުޅިވަރު ކެލެންޑަރގައި ހިމެނިގެން "ފުވައްމުލައް ސިޓީ ކައުންސިލް ވެޓެރެންސް ފުޓްސަލް މުބާރާތް 2025" ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން 2025 ވަނަ އަހަރު މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީގެ އަވަށުތަކާއި، ކުލަބު، ޖަމިއްޔާތަކަށް ބޭނުންވާ އަދަދަކަށް ޓީމްތަށް ބައިވެރި ކުރެވޭގޮތަށް އަދި މި މުބާރާތް އަމާޒުކުރެވިފައިވަނީ މީލާދީ ގޮތުން އުމުރުން 40 އަހަރުން މަތީ ފިރެހެނުންނަށެއެވެ. ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކުރާ މިފަދަ މުބާރާތްތަކަކީ އަތޮޅު ލެވެލްގައި އާއި އަދި ރާއްޖެ ލެވެލްގައިވެސް ފޯރިގަދަ ކާމިޔާބު މުބާރަތްތަކެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ފުވައްމުލަށް ސިޓީ ގައި ކުޅިވަރުގެ ރޫޙް އާލާކޮށް، މީގެ އިތުރުން ފުވައްމުލައް ސިޓީ އަކީ ކުށްމަދު، އިޖްތިމާއީ ގޮތުން ބަދަހި މުޖުތަމައެއް އޮންނަ ސިޓީއަކަށް ހެދުމަކީ މިމުބާރާތްތައް ބޭއްވުމުގެ މަޤްސަދުގެ ތެރޭގައި ހިމެނެއެވެ.

މިފަދަ މުބާރާތްތައް ކަމިޔާބުކޮށް ނިންމާލެވެނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނެވެ. އެގޮތުން، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2025" ސްޕޮންސަރ ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.

ވީމާ، ސްޕޮންސަރ ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން  07 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ޔުނިޓްގެ ސީނިއަރ ކައުންސިލް އޮފިސަރ ނާފިޒް ޢަލީ ޔޫސުފް 7778529 ފޯނާއި ގުޅުއްވުން އެދެމެވެ.

          

8 ރަބީޢުލްއައްވަލް 1447ހ     

31 އޮގަސްޓް  2025  

31 އޮގަސްޓް 2025