ވަޒީފާގެ ފުރުޞަތު
ނަންބަރު: POLCO(IUL)/2025/08
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 08:54
ސުންގަޑި: 04 ސެޕްޓެންބަރު 2025 16:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ޝޮޕް މެނޭޖަރ
ބޭނުންވާ އަދަދު :1

އަސާސީ މުސާރަ: -/5610ރ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

އެލަވަންސް؛

ސަރވިސް އެލަވަންސް: މުސާރައިގެ %80

އިތުރުގަޑި: މުސާރައިގެ %60

ފުޑް އެލަވަންސް: -/1500ރ (ފަނަރަ ސަތޭކަ ރުފިޔާ)

މަސައްކަތްކުރަން ޖެހޭތަން: ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ

މަޤާމުގެ ޝަރުތު:

މެނޭޖްމަންޓް ދާއިރާއިން ދައްވެގެން ލެވެލް 04 ގެ ސަނަދެއް ހާސިލްކޮށްފައިވުން

- މެނޭޖްމަންޓް ދާއިރާއިން 05 އަހަރުގެ ތަޖުރިބާ ލިބިފައިވުން

- އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން

- މައިކްރޯ ސޮފްޓް އޮފީސް ޕެކޭޖް (އެކްސެލް އަދި ވޯޑް) ބޭނުން ކުރަން އެނގުން

އިތުރު މަޢުލޫމާތު:  މިމަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2025 ސެޕްޓެމްބަރ 04 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ އަށް އެޑްރެސްކޮށް ވަޒީފާއަށް އެދޭ ކަމުގެ ސިޓީ، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެޓެސްޓް ކުރެވިފައި)، ސީވީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ / އިސްކަންދަރު ކޮށި 01 އަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

# އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345053 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.

02 ސެޕްޓެންބަރު 2025