ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2025/147
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:32
ސުންގަޑި: 09 ސެޕްޓެންބަރު 2025 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ - ކުޅުދުއްފުށި ކެމްޕަސް

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ކުޅުދުއްފުށި ކެމްޕަސް

ގްރޭޑް:

07

ސްޕައިން ޕޮއިންޓް:

31

މަޤާމުގެ މުސާރަ:

މަހަކު 8,850.77 ރ

ސަރވިސް އެލަވަންސް:

މަހަކު  3,793.19ރ

އިނާޔަޔްތައް:

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35

- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)

- ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)

- ލައިބްރަރީ މެމްބަޝިޕް

ވަޒީފާގެ ބާވަތް:

ދާއިމީ

މަގާމުގެ ޝަރުތު:

  1. އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 01 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ތާވަލް ކުރެވިފައިވާ ގަޑި ތަކުގައި އޮފީސް ހުޅުވައި ލެއްޕުން.
  2. ކެމްޕަސް މެނޭޖަރގެ އިރުޝާދުގެ ދަށުން ކެމްޕަސް ބަޖެޓް ބެލެހެއްޓުން.
  3. ޙަރަދު ރިޕޯޓް އަދި ބޭންކް ރިކޮންސިލޭޝަން ޝީޓް ތައްޔާރުކުރުން.
  4. ތިޖޫރީ ބެލެހެއްޓުމާއި ތިޖޫރީ ރިޕޯޓް ތައްޔާރުކުރުން.
  5. ފައިސާއާއި ބެހޭ ލިޔެކިޔުން ތަށް ތައްޔާރު ކުރުމާއި ބެލެހެއްޓުން.
  6. އެކިފާރާތް ތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއި ގުޅޭ ލިޔުންތަށް ތައްޔާރު ކުރުމާއި އިންތިޒާމްތައްކުރުން.
  7. ފައިސާ އާއި ބެހޭ ރިޕޯޓްތައްތައްޔާރު ކުރުން.
  8. ބެންކް އިން ފައިސާ ގެނައުމާއި އަދި ފައިސާ ޖަމާކުރުމުގެ އިންތިޒާމްތައްކުރުން.
  9. ކެމްޕަހަށް ލިބޭ ފައިސާ ބަލައިގަތުމާއި ހިސަބު ބެލެހެއްޓުން.
  10. ލިޔެކިޔުންތަށް ދުވަހުން ދުވަހަށް ފައިލް ކުރުން.
  11. އާމްދަނީ އެކައުންޓަށް ޖަމާވާ ފައިސާގެ ހިސާބު ބެލެހެއްޓުން.
  12. ފެކަލްޓީ ތަކުގެ ބޭނުމަށް ހަރަދުކުރުމުގެ އިންތިޒާމް ހަމަޖައްސައި، ހަރަދު ކުރެވޭ ފައިސާ ރިއެމްބަރސްކުރުމަށް ބޭނުންވާ ލިޔެކިޔުންތަށް ތައްޔާރުކުރުން.
  13. ޑެއިލީ ބަޖެޓް ޝީޓް ބެލެހެއްޓުން.
  14. ކެމްޕަހުގެ އާމްދަނީ މަސައްކަތްތައް:
  15. ޑެއިލީ ބުކް ބަލަހައްޓާ ތައްޔާރުކުރުން
  16. ވީކްލީ ރެވެނިއު ރިޕޯޓު ތައްޔާރުކުރުން
  17. މަންތްލީ ރެވެނިއު ރިޕޯޓު ތައްޔާރުކުރުން
  18. ތިޖޫރީ ރިޕޯޓު ތައްޔާރުކުރުން
  19. ކްލިއަރެންސް ފޯމުގައި ދަނާލުން އަދި ކެމްޕަހުން ޖަހަންޖެހޭ ތައްގަނޑުޖެހުން
  20. ދަނާލު ދަރިވަރުންގެ ރެޖިސްޓްރީ ބެލެހެއްޓުން
  21. ދަނާލު ދަރިވަރުން ޗެކްއިން/ޗެކްއައުޓް ކުރުން
  22. ދަނާލު ދަރިވަރުންގެ ބައްދަލުވުންތައް ރާވާ ހިންގުން
  23. އެދުރުކަލޭފާނު ދަނާލު 1 އަދި 2ގެ މަރާމާތު މަސައްކަތްތައް ބެލެހެއްޓުން
  24. ވަޒީފާއާއި ގުޅޭގޮތުން އޮފީހުގެ ވެރިން އަންގަވާ މަސައްކަތް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2025 ސެޕްޓެންބަރު 9 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUhr-2025-KC-147

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި ޕީ.ޑީ.އެފް" ކޮށްފައެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަމްބަރު ފޯނަށެވެ.
01 ސެޕްޓެންބަރު 2025