ތަމްރީނު
ނަންބަރު: (IUL)308/2025/38
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 08:47
ސުންގަޑި: 15 ސެޕްޓެންބަރު 2025 14:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާކެޓިންގ އަދި ބްރޭންޑިންގ ތަމްރީނާއި ގުޅޭ

މަސްވެރިކަމާބެހޭ ވުޒާރާ އާއި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާރކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނާއި މިކައުންސިލާއި ގުޅިގެން، މަހުގެ އުފެއްދުންތައް މާކެޓްކުރުމާއި ބްރޭންޑް ކުރުމަށް މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިތަމްރީނު ޕްރޮގްރާމް އޮންނާނީ 2025 އޮކްޓޫބަރު 15 ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ މަސްވެރިކަމުގެ އުފެއްދުންތެރިންނަށް، އެފަރާތްތަކުގެ ވިޔަފާރި އާއި އުފެއްދުންތައް އިތުރުކުރުމަށް މަގުފަހިކޮށްދިނުމާއި މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމެވެ. މިޕްރޮގްރާމްގައި އޮންނާނީ ވިޔަފާރީގެ އުކުޅުތައް ދަސްކޮށްދިނުމާއި މާކެޓްކުރާނެ ގޮތްތައް އުނގަންނައިދިނުމެވެ.

މަހުގެ އުފެއްދުންތައް ތައްޔާރުކޮށް ވިއްކާ ފަރާތްތަކާއި މިމަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިޕްރޮގްރާމްގައި ބައިވެރިވުން އެދެމެވެ. މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިޢުލާނާއިއެކުވާ ގޫގުލް ފޯމް، ބްރޭންޑިންގ އަދި މާކެޓިންގ ތަމްރީނު ޕްރޮގްރާމްގައި ރަޖިސްޓްރީވާ ފޯމް ފުރުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

01 ސެޕްޓެންބަރު 2025