ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)88-ENV/88/2025/432
                    ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2025
                    ޕަބްލިޝްކުރި ގަޑި:  14:34
                    
                މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ޙިމާޔަތްކޮށްފައިވާ ކ. ތަނބުރުދޫ ސަރަޙައްދު ވަގުތީގޮތުން ބަންދުކުރުން
                                ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން، ޙިމާޔަތްކޮށްފައިވާ ކ. ތަނބުރުދޫ ސަރަޙައްދުގައި މި އަހަރުގެ ސެޕްޓެންބަރު މަހުގެ 4 އިން 11 އަށް "ފޯ ސީޒަންސް މޯލްޑިވްސް ސާރފިންގ ޗެމްޕިއަންޝިޕް ޓްރޮފީ 2025" ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މި މުއްދަތުގައި މި ސަރަޙައްދު އާންމުންނަށް ބަންދުކުރެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
                31 އޮގަސްޓް 2025