ދިވެހިރާއްޖެ
ގޮއިބިމުން 3 އަހަރުގެ މުއްދަތައް ނީލަމުގައި ދަނޑުބިން ކުއްޔަށް ހިފާފައިވާ ފަރާތްތަކުގެ ތެރެއިން 2 ވަނައަހަރަށް ފައިސާ ނުދައްކަވާ ފަރާތްތަކުގެ ދަނޑުބިން ތައް ނީލަމުގައި 2 އަހަރަށް
ކުއްޔަށް ދިނުމަށް ކައުންސިލުން ވަނީ ނިއްމާފައެވެ. މި ނީލަމުގައި ބައިވެރިވުމައްޓަކައި ޑިޕޮސިޓު ފައިސާގެ ގޮތުގައި ބަހައްޓަވަން ޖެހޭނީ -/3000 ރުފިޔާ އެވެ. ނީލަން ކިޔުން އޮންނާނީ 2025 ސެޕްޓެމްބަރ 10
ވާ ބުދަ ދުވަހުގެ ހެދުނު 11:00 ގައި ތޮއްޑޫ ކައުންސިލްގައެވެ. ނީލަމުގައި ބައިވެރިވެވޭނީ ޑިޕޮސިޓުފައިސާ ބަހައްޓަވާ ފަރާތްތަކަށެވެ. އަދި ނީލަމުގައި ދަނޑުބިން ނެގުމަށްފަހު ފައިސާ ނުދައްކަވާ ފަރާތްތަކުގެ
ޑިޕޮސިޓު ފައިސާ އަނބުރާ ނުދެވޭނެ ވާހަކަ ދެއްނެވީމެވެ.
ވީމާ، ނީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ޑިޕޮސިޓުފައިސާ 2025 ސެޕްޓެމްބަރ 10 ވަނަދުވަހުގެ 11:00 ގެ ކުރިން ކައުންސިލްގައި ބެހެއްޓުމަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.