ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)56-CAS/56/2025/45
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 15:39
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ޤައުމީ ކުތުބުޚާނާ އިން ޚިދުމަތްދޭ ވަގުތު އިތުރުކުރުމާއި ގުޅޭ.

 

މިހާރެކޭ އެއްގޮތަށް ޤައުމީ ކުތުބުޚާނާ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ގައެވެ. އަދި ބަންދުކުރާ ގަޑި ވަނީ ހަވީރު 18:00 އަށް ބަދަލު ކުރެވިފައެވެ. އެހެންކަމުން 01 ސެޕްޓެންބަރު 2025 އިން ފެށިގެން ޤައުމީ ކުތުބުޚާނާގެ ޚިދުމަތް ދެމުންގެންދާނީ ތިރީގައި ވާގޮތަށެވެ.

ލައިބްރަރީ ހުޅުވާފައި ހުންނަ ގަޑި

 ހެނދުނު 09:00 ން ހަވީރު 18:00 އަށް

 ކައުންޓަރުގެ ޚިދުމަތްދޭ ގަޑި

 ހެނދުނު 09:15 ން ހަވީރު 17:45  އަށް.

 މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

28 އޮގަސްޓް 2025