މަސައްކަތް
ނަންބަރު: (IUL)197-A2/1/2025/36
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 10 ސެޕްޓެންބަރު 2025 11:00
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
01 (އެކެއް) ޑިޖިޓަލް ސައުންޑް މިކްސަރ އެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކޯޓުގެ ނަންބަރު (IUL)197-A2/1/2025/30 (21 ޖުލައި 2025) އިޢުލާނުން މި ކޯޓަށް 01 (އެކެއް) ޑިޖިޓަލް ސައުންޑް މިކްސަރ އެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ރިކުއަޔަރމަންޓްއަށް ނުފެތޭތީ އެ އިޢުލާނު ބާޠިލުކުރުމަށްފަހު އަލުން އިޢުލާނުކުރަމެވެ.  

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ސެޕްޓެމްބަރު 2025 ވާ ބުދަ ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

          އަންދާސީހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެފަހު ތާރީޚަކީ 10 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ 10:00 ގެ ކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.

28 އޮގަސްޓް 2025