ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީގެ ދެކުނު ސަރަޙައްދުގެ ކުޅި ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނުގެ ރެޖިސްޓްރޭޝަން މުއްދަތު އިތުރުކުރުން
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ތިނަދޫ ސިޓީގެ ދެކުނު ސަރަޙައްދުގެ ކުޅި ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 415415/2025/158(IUL) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދީ ދެންނެވިފައިވާ އިޢުލާނާ ގުޅިގެން އެ ބީލަމުގެ މަޢުލޫމާތު ޝީޓު ތައްޔާރު ކުރުމަށް އިތުރު ވަގުތު ބޭނުންވާތީ، މި މަސައްކަތުގެ ރެޖިސްޓްރޭޝަން މުއްދަތު 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު 02 އޮކްޓޯބަރ 2025 (ބުރާސްފަތި) ދުވަހުގެ 11:00 އަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މި މަސައްކަތަށް ރެޖިސްޓްރީ ކުރެވޭނީ ތިރީގައިވާ ލިންކް ބޭނުންކޮށްގެންނެވެ.
https://forms.office.com/r/sK4qPJp7pK
| 
 
  | 
 ތާރީޚް  | 
 ގަޑި  | 
 ތަން  | 
| 
 ބީލަމަށް ރަޖިސްޓްރީކުރެއްވުން  | 
 24 ޖުލައި 2025 އިން 18 ސެޕްޓެމްބަރ 2025އަށް  | 
 18 ސެޕްޓެމްބަރ 2025 ގެ 14:00 ގެ ކުރިން  | 
 ލިންކް މެދުވެރިކޮށް  | 
| 
 ބީލަން ހުށަހެޅުން  | 
 02 އޮކްޓޯބަރ 2025  | 
 11:00  | 
 ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް  | 
05 ރަބީޢުލް އައްވަލް 1447