މަސައްކަތް
ނަންބަރު: B8C-A/2025/18
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 10:02
ސުންގަޑި: 09 ސެޕްޓެންބަރު 2025 12:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓް ޢިމާރާތުގެ ވަށާފާރު ރޭނުން

ކޯޓް ޢިމާރާތުގެ ވަށާފާރު ރޭނުމުގެ މަސައްކަތް

މިކޯޓުންދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ކޯޓު ޢިމާރާތުގެ ވަށާފާރު ރޭނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު: B8C-A/2025/17 އިޢުލާނާ ގުޅިގެން ލިބުނު އަންދާސީހިސާބުތަކަކީ މިމަސައްކަތަށް އެކަށޭނެ އަގަށްވުރެ ބޮޑު އަގުތަކެއް ކަމަށް ފެންނާތީ އެއިޢުލާން ބާތިލްކޮށް މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

މި މަސައްކަތުގައި ރަޖިސްޓްރީ ކުރުމަށް 2025 އޮގަސްޓް 28 ން 2025 ސެޕްޓެމްބަރ 03 ގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 

 

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ސެޕްޓެމްބަރ 03 ގެ 10:00 ގެ ކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަން ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

 

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ 11:00 ގައި ހދ. ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ހދ. ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓު، ހދ. ނެއްލައިދޫ / ދިވެހިރާއްޖެ ،ފޯން: 6527005                  

 އީ-މެއިލް: [email protected]

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

28 އޮގަސްޓް 2025