ދިވެހިރާއްޖެ
އިޢުލާން
ނ.ކެނދިކުޅުދޫ ނޭޗަރ ޕާކުގައި ބޭނުންކުރާ ކަނޑޫއޮޑި ކުއްޔަށް ދޫކުރުމަށް ފީނެގުމާގުޅޭ
ޤާނޫނު ނަންބަރ: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 75 ވަނަ މާއްދާއިން، މި ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން، މިކައުންސިލުން ކުއްޔަށް ދޫކުރާ "ކަނޑޫ އޮޑި" ތައް ކުއްޔަށް ދޫކުރުމަށް އަންނަނިވި އުސޫލުން ފީނެގުމަށް، މިކައުންސިލްގެ ހަތަރުވަނަ ދައުރުގެ 147 ވަނަ ޢާންމު ބައްދަލުވުމުންވަނީ ނިންމާފައެވެ.
ކަނޑޫއޮޑި ކުއްޔަށް ދޫކުރުމަށް ފީ ނެގޭނީ 3 (ތިނެއް) ގިންތިއަށް ބަހައިލައިގެންނެވެ. ގިންތި 1 : ކެނދިކުޅުދޫގެ ރަށްވެހިން ގިންތި 2 : ކެނދިކުޅުދޫގެ ރަށްވެހިންގެ ގޮތުގައި ނުހިމެނޭ ދިވެހިން ގިންތި 3 : ރާއްޖެއިން ބޭރުމީހުން / ބިދޭސީން |
||||||||
މިއިން ކޮންމެ ގިންތިއަކަށް ފީގެ ގޮތުގައި ނެގޭނެ ފައިސާގެ ތަފްޞީލު:
|
||||||||
މަތީގައި ދެންނެވިފައިވާ ފީ ނެގުމުގައި ކަނޑައެޅިފައިވާ ގަޑިއިރުތައް ފުރިހަމަ ނުވިނަމަވެސް ފީ ދައްކަންވާނީ، ގަޑިއިރު ފުރިހަމަ ވެފައިވާކަމަށް ބަލައި މުޅިޖުމްލަ ވަގުތަށެވެ. *ނޯޓް: ކަނޑޫއޮޑިއަކަށް އެންމެ ގިނަވެގެން އެރޭނީ 20 (ވިހި) މީހުންނެވެ. |
||||||||
ކުއްޔަށް ނެގުން: ކަނޑޫއޮޑި ކުއްޔަށް ނެގުމަށް ހުއްދައަށް އެދެވޭނީ ކޮންމެ ރަސްމީ ދުވަހެއްގެ 8:00 އިން 2:00 އަށެވެ. ކަނޑޫއޮޑި ކުއްޔަށް ނެގުމުގެ ހުއްދައަށް އެދެވޭނީ މިކައުންސިލުގެ ހޮޓްލައިން މެދުވެރިކޮށް ނުވަތަ ކައުންޓަރަށް ވަޑައިގެންނެވެ. ކަނޑޫއޮޑި ކުއްޔަށް ދޫކުރުމުގެ ކުރިންނާއި، ނިމުމުން އެކަން ކައުންސިލަށް އެންގުމުން، ކައުންސިލުން ކަނޑައަޅާ ފަރާތެއް އެ ސަރަހައްދަށް ގޮސް، ކަނޑޫއޮޑި ރަނގަޅަށް އިންސްޕެކްޓް ކުރާނެއެވެ. އަދި މައްސަލައެއް ފާހަގަވާ ނަމަ، އެކަން ރަނގަޅުކުރަން، ހުއްދަ ދެވުނު ފަރާތަށް އަންގާނެއެވެ. |
||||||||
ކުއްޔަށް ދޫކުރެވޭ ވަގުތުތައް:
ފަތިހު 6:00 އިން ހެނދުނު 10:00 އަށް. މެންދުރު 14:00 އިން ހަވީރު 5:00 އަށް.
އެއް ފަރާތަކަށް އެންމެ ގިނަ ވަގުތަކަށް ކަނޑޫއޮޑި ކުއްޔަށް ދޫކުރެވޭނީ ދުވާލަކަށް 2 (ދޭއް) ގަޑިއިރަށެވެ. |
ވީމާ، 28 އޯގަސްޓް 2025 އިން ފެށިގެން މިކައުންސިލުން މަތީގައި ދެންނެވިފައިވާ ފަދައިން "ކަނޑޫއޮޑި" ކުއްޔަށް ދިނުމުގައި ފީ ނަގަމުންދާނެ ވާހަކަ އާންމުކޮށް އަންގާ އިއުލާނުކުރަމެވެ.
04 ރަބީޢުލްއައްވަލް 1447