ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2025/182
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 03 ސެޕްޓެންބަރު 2025 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެކޭނިކް ( ވެހިކަލް )

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމްތަކަށް މީހުން ހޯދަން އިއުލާން ކުރަމެވެ.

މަޤާމު

 މެކޭނިކް ( ވެހިކަލް )

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންޖިނިއަރިންގ ޑިޕާރޓްމަންޓް / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ބޭސިކް މުސާރަ:

 5500.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސާވިސް އެލަވަންސް: 3300.00 ރުފިޔާ (ބޭސިކް މުސާރައިގެ %60)

މިނިމަމްވޭޖް އެލަވަންސް: 1980.00 ރުފިޔާ (ބޭސިކް މުސާރައިގެ %(36

ސެޓްފިކެޓް އެލަވަންސް: ޑިޕްލޮމާ %20 ، ޑިގްރީ  %40

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މެކޭނިކަލް ދާއިރާގައި ވެހިކަލް މަރާމާތު ކުރުމުގެ މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން އަދި ދާއިރާއިން ލެވެލް 4 ގެ ސެޓްފިކެޓެއް ޙާސިލްކޮށްފައިވުން؛
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން  

މަޤާމުގެ މަސްޢޫލިއްޔަތު:

  • ސައިޓްގައި ގެންގުޅޭ ވެހިކަލް/ފޯކްލިފްޓްތައް މަރާމާތުކޮށް ބެލެހެއްޓުން.
  • ގަވާއިދުން ސަރވިސްކޮށް، މައްސަލަތައް ދިމާވުމުގެ ކުރިން ބެލެހެއްޓުން.
  • ވެހިކަލްތަކުގެ މެކޭނިކަލް މައްސަލަތައް ދެނެގަނެ ޙައްލުކުރުން.
  • ހަލާކުވެފައިވާ ބައިތައް ބަދަލުކޮށް، އާލާތްތަކުގެ އިތުބާރު ކަށަވަރުކުރުން.
  • ވެހިކަލްތަކުގެ މައްސަލަ މަދުކުރުމަށްޓަކައި ހަލާކުވާ ވަގުތު އަވަހަށް އަމަލުކުރުން.
  • މަރާމާތާއި ސަރވިސްގެ ރެކޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • މަރާމާތު ކުރުމަށް ގެންގުޅޭ ސާމާނު / ޓޫލްސް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
  • ހުރިހާ ވަގުތެއްގައިވެސް ރައްކާތެރިކަމާއި މަސައްކަތައްކަތުގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު އަދި ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑް އޮފީސް ރިސެޕްޝަންނަށެވެ.
  • އީމެއިލް ކުރައްވާނީ  careers@mifco.mv އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 03 ސެޕްޓެމްބަރ 2025 ދުވަހުގެ މެންދުރު 12:00ގެ ކުރިންނެވެ.   
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.  

27 އޮގަސްޓް 2025