ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)299/299/2025/36
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 15 ސެޕްޓެންބަރު 2025 14:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާދޫގައި ހިންގާ ވިޔަފާރިތަކާއި ކުންފުނިތަކުގެ މައުލޫމާތު ހޯދުމާއި ގުޅޭ.

އިޢުލާން            

ވާދޫގައި ހިންގާ ވިޔަފާރިތަކާއި ކުންފުނިތަކުގެ މައުލޫމާތު ހޯދުމާއި ގުޅޭ.

 

       ވާދޫގައި ހިންގާ ވިޔަފާރިތަކާއި، ކުންފުނިތަކާއި، އަދި އެކިއެކި ޚިދުމަތްދޭ އަމިއްލަ ފަރުދުންގެ ދަފްތަރު އަޕްޑޭޓްކުރުމަށް ބޭނުންވެއެވެ.

              މި ދަފްތަރުގެ މައިގަނޑު މަޤްޞަދަކީ، ވާދޫ ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތްތަކާއި، އަދި ހޯދާ ޚިދުމަތްތަކާއި ގުޅިގެން އަންދާސީ ހިސާބު ހޯދުންފަދަ ކަންކަމުގައި، އެމަސައްކަތަކާއި ގުޅުންހުރި ފަރާތްތައް ދެނެގަތުމަށާއި، އެފަދަ ފަރާތްތަކާއި މުއާމަލާތްތައް ކުރުން ކަމުގައި ދަންނަވަމެވެ.

އަދި ކައުންސިލުން އަގު ހޯދައިގެން ކުރިއަށް ގެންދާ މަސައްކަތްތަކާއި، ހޯދާ ޚިދުމަތްތަކާއި ގުޅިގެން މުއާމަލާތްކުރާއިރު، މިދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ ތިރީގައިވާ ލިންކު މެދުވެރިކޮށް، 2025 ސެޕްޓެމްބަރ 15 ވަނަ ދުވަހުގެ 11:00 ގެ ކުރިން މިމައުލޫމާތު ވާދޫ ކައުންސިލަށް ޙިއްސާކޮށްދެވުން އެދެމެވެ.

ލިންކު: https://forms.gle/pfJ8SADQEXfhUGso7

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

26 އޮގަސްޓް 2025