ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 16 ވަނަ އިޞްލާޙުގެނައުމުގެ ޤާނޫނުގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ އިޙްތިޞާސްގެ ދަށުގައި ހުރި ބިންތައް ކުއްޔަށް ދިނުމާއި އަދި ދިނުން މިވަގުތަށް ހުއްޓާލުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު 221-CCS/2025/103 ސިޓީއިން ވަނީ އަންގަވާފައެވެ.
ވީމާ، ތ.އޮމަދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ދާއިމީ ލިސްޓުގައިވާ ފަރާތްތަކުގެ މެދުގައި ގޯތި ލިބޭތަން ކަނޑައެޅުމަށް ގުރުއަތުލުން ބޭއްވުމާއި ގުޅޭގޮތުން މިއިދާރާއިން ކޮށްފައިވާ ނަމްބަރު (IUL)394/394/2025/58 (20 އޮގަސްޓް 2025) އިޢުލާން ބާޠިލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ގޯތި ހަވާލު ކުރުމަށް ހުއްދައަށް އެދި މިކައުންސިލުން ވާނީ ލޯކަލް ގަވަރމަންޓް އޮތޯތިޓީއަށް ހުށައަޅާފައެވެ. ހުއްދަލިބުމުން ގުރުއަތުލުން ބޭއްވޭނެ ތާރީޙެއް ވީއެންމެ އަވަސް ފުރުސަތެއްގައި އިޢުލާން ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.