ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
އިޢުލާން ނަމްބަރު: (IUL)93-OS/1/2025/26
ޕްރޮޖެކްޓް އޮފީސް ހިންގާނެ ޔުނިޓް ތައްޔާރުކުރުން
އަންދާސީހިސާބު ބޭނުންވެއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ހުޅުލޭގައި ހުންނަ މެޓު އޮފީހުގައި ކުރިން ގުދަނެއް ގޮތުގައި ބޭނުންކުރަމުން އައި ތަން އޮފީސް މަސައްކަތް ކުރާތަނަކަށް ހެދުމަށްޓަކައި. ތިރީގައި ބަޔާންކުރެވިފައިވާ މަސައްކަތްތައް ކުރެހުމުގައިވާ ގޮތަށް ކުރުން.
- · ތަން ރޫޅުން
- · ރާނާ ސިމެންތީގެ މަސައްކަތް
- · ތަން މަރާމާތުކުރުން
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 ސެޕްޓެމްބަރ 27 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި އިތުރުމަޢުލޫމާތު ސާފުކުރުމަށް ލިޔުން ފޮނުވާނީ 2025 އޮގަސްޓް 27 ވަނަދުވަހު މަޢުލޫމާތު ޝީޓުގައި ދެންންވިވަފައިވާ އީމެއިލް އެޑްރެހަށެވެ.
ބީލަން ހުޅުވަން ހަމަޖެހިފައިވަނީ 2025 ސެޕްޓެމްބަރު 10 ވާ ބުދަދުވަހު ހެނދުނު 11:00 ގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
މި އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.
އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
02 ރަބީޢުލްއައްވަލު 1447
25 އޮގަސްޓް 2025