ކުއްޔަށް ދިނުން
ނަންބަރު: (IUL)409/409/2025/56
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 02 ސެޕްޓެންބަރު 2025 11:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮނުމަސް އެޅުމާއި މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް ބިމެއް ދޫކުރުން

            ލަނޑާ ކައްކާ ހިއްކުމަށް މިހާރު ބިންދޫކޮށްފައިވާ ސަރަޙައްދާއި އިންވެގެން ކުނިގޮނޑާއިވީ ފަޅިން މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރުމަށް، 10 އަހަރުގެ މުއްދަތައް ބިމެއް ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

            މި އިޢުލާނާއިއެކު ބިން ދޫކުރުމާއި ގުޅޭ މަޢުލޫމާތު ޝީޓް އަދި ބީލަން ފޯމް ޢާއްމުކުރީމެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކުން    02 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ   11:00 އަށް  ކައުންސިލް އިދާރާއަށް  ވަޑައިގެން  ބީލަން ފޯރމް ހުށަހެޅުއްވުން އެދެމެވެ.   މިއިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 4000012 ނަމްބަރަށް ގުޅުއްވުން އެދެމެވެ .

                   މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

                       އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

                        02  ރަބީޢުލްއައްވަލް     1447

25 އޮގަސްޓް 2025