ދިވެހިރާއްޖެ
އިޢުލާން
މިކޯޓުގައި ނީލަމުގައި ވިއްކާލުމަށް ބޭނުންވެފައިހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔުން 03 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 10:00 ގައި މިކޯޓުގައި އޮންނާނެއެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 08 ސެޕްޓެމްބަރ 2025 އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ދައްކަވާ ނިންމަވަން ވާނެއެވެ. މިމުއްދަތުގައި ފައިސާ ނުދައްކަވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަންކިޔޭނެއެވެ. ނީލަމުން ނެންގެވި ތަކެއްޗަށް ފައިސާދައްކަވާފައިވާ ފަރާތްތަކަށް ތަކެތި ދޫކުރުން 08 ސެޕްޓެމްބަރ 2025 އާދީއްތަ ދުވަހުގެ 12:00 ން ފެށިގެން 14:00 އަށް މިކޯޓުގައި އޮންނާނެއެވެ. މިނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކޯޓުގެ އެދުމެކެވެ. ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
ނީލަން ނަމްބަރު |
ޢަދަދު |
ތަފްޞީލް |
ނީލަންފެށޭ އަގު (ރުފިޔާ) |
ފަހަރަކު މަދުވެގެން އިތުރުކުރެވޭ ޢަދަދު (ރުފިޔާ) |
1 |
1 |
ބެންޗް ޗެއަރ (4 ގޮނޑީގެ) |
75 |
5.00 |
2 |
1 |
ނޯޓިސްބޯޑު (ބިއްލޫރިލެއްވި) |
123.40 |
5.00 |
3 |
1 |
ޓެލެފޯން (ޕެނަސޮނިކް) |
96 |
5.00 |
4 |
1 |
ޓީ.ވީ (އެންޑްރޮއިޑް) |
746.80 |
5.00 |
5 |
1 |
ކޮމްޕިއުޓަރ ޓޭބަލް (ދަގަނޑު) ކަޅު ކުލަ |
70 |
5.00 |
6 |
1 |
ކަބަޑު |
40 |
5.00 |
20 ރަބީޢުލްއައްވަލް 1447