ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)326/326/2025/102
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި:
31 އޮގަސްޓް 2025 12:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"ނައިބޮލި ވޮލީ ޗެލެންޖް 2025" މުބާރާތުގައި ބައިވެރިވުމަށް "ހިންނަވަރު ސްޕޯޓްސް ކްލަބް" ޓީމަށް ކުޅުންތެރިން ނެގުމާއި ގުޅޭ
އިޢުލާން
މި އަހަރު އޮކްޓޯބަރު 17 ގައި އޮންނަ “ނައިބޮލި ވޮލީ ޗެލެންޖް 2025” ގައި ހިންނަވަރު ސްޕޯޓްސް ކްލަބުން އަންހެން އަދި ފިރިހެން ޓީމް ބައިވެރިކުރުމަށް މި ކައުންސިލުންވަނީ ނިންމާފައެވެ. ވީމާ، މިމުބާރާތުގައި ހިންނަވަރު ސްޕޯޓްސް ކުލަބަށް ކުޅުމަށް ބޭނުންފުޅުވާ އަންހެން އަދި ފިރިހެން ވޮލީ ކުޅުންތެރިން، 31 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާގެ ވައިބަރ ނަމްބަރ 7980301 އަށް ނަމާއި އައިޑީކާރޑް ކޮޕީ އަދި ފޯނު ނަމްބަރ ފޮނުވުމަށް ދެންނެވީމެވެ. * މަޢުލޫމާތު ފޮނުވުމަށްފަހު، މެސެޖް ލިބުނުކަން ކަށަވަރުކުރެއްވުމަށް ދެންނެވީމެވެ.
|
21 އޮގަސްޓް 2025