ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)120-A/120/2025/23
                    ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2025
                    ޕަބްލިޝްކުރި ގަޑި:  11:12
                                            ސުންގަޑި: 
                            27 އޮގަސްޓް 2025 12:00
                        
                    
                ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ އޮކްޓޯބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އިމްތިޙާނުގައި މިޑިޕާޓްމަންޓްގެ ފަރާތުން ބައިވެރިވި ޕްރައިވެޓް ކެންޑިޑޭޓުންނަށް ސްޓޭޓްމެންޓް އޮފް އެންޓްރީ (ޑީޕީއީ ލޭޓް) ދޫކުރުމާއި ގުޅޭ.
                                
2025 ވަނަ އަހަރުގެ އޮކްޓޯބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ(ޑީޕީއީ ލޭޓް އެންޓްރީ) މި ޑިޕާޓްމަންޓުގެ ކައުންޓަރުން ދޫކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރުމަށް ހަމަޖެހިފައިވަނީ 2025 އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގެ 0830 އިން 1330 އަށެވެ.
ސްޓޭޓްމެންޓް އޮފް އެންޓްރީ ގައި އެއްވެސް މައްސަލައެއް އޮތްނަމަ 2025 އޮގަސްޓް 27 ވާ ބުދަ ދުވަހުގެ 12:00 ކުރިން، ސާރވިސް ރިކުއެސްޓް ފޯމް ފުރިހަމަ ކުރުމަށްފަހު ކެންޑިޑޭޓުގެ އައި.ޑީ ކާޑާއި ސްޓޭޓްމެންޓް އޮފް އެންޓްރީގެ ކޮޕީއަކާއެކު މި ޑިޕާޓްމަންޓުގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ކައުންޓަރު ހުޅުވިފައި ހުންނާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 އިން 1330 އަށެވެ.
                21 އޮގަސްޓް 2025