ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-B6/1/2025/191
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 28 އޮކްޓޫބަރު 2025 19:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ރޯމަސްމާރުކޭޓު ހިންގާ އިމާރާތުގެ އެކި ފަންގިފިލާތަކުގައި ވިޔަފާރި ކުރާ ފަރާތްތަކާ ގުޅޭ

މާލޭ ރޯމަސްމާރުކޭޓުގެ ފުރަތަމަ ފަންގި ފިލާއާއި ދެވަނަ ފަންގިފިލާގައި އެއްވެސް އެއްބަސްވުމެއް ނެތި ޤަވާޢިދާ ޚިލާފަށް ހިންގަމުންދާ ބައެއް ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ބޭނުމަށް ބޭނުން ކުރަމުންދާ ތަންތަން ހުރިކަން މި ކައުންސިލަށް ވަނި ފާހަގަ ކުރެވިފައެވެ.

         މި ފަދަ ތަންތަނުގެ ތެރެއިން މި އިޢުލާން ހިއްޕާފައިވާ ތަންތަން ހިންގާ ފަރާތްތަކުން މިފަދަ ތަންތަން ހިންގަމުންދަނީ ނުވަތަ ބޭނުން ކުރަމުން ދަނީ އެއްބަސްވުމެއްގެ ދަށުން ކަމުގައި ވާނަމަ އެފަދަ އެއްބަސްވުން މި އަދުން ފެށިގެން 7 ދުވަހުގެ ( 21 އޮގަސްޓް 2025 ން 28 އޮގަސްޓް 2025 ) އަށް ތެރޭގައި މި ކައުންސިލަށް ލިޔުމަކާއި އެކު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

         މި ބަޔާން ކުރެވުނު 7 ދުވަހުގެ ތެރޭގައި މި ކައުންސިލަށް އެކަން ބަޔާންކޮށް ހުށަހަޅާފައި ނުވާނަމަ މި ފަދަ ތަންތަނަކީ ( ފިހާރަ ގުދަން ފަދަ) އެއްވެސް މީހަކު ބޭނުން ނުކުރާ ތަންތަން ކަމުގައި ބަލައި މި ފަދަ ތަންތަން މި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނާނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. އަދި މި ގޮތުން ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަ ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ތަންތަން ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސް އެފަދަ ތަންތަން ސާފު ކުރުމުގެ މަސައްކަތް ކުރާ އިރު އެފަދަ ތަންތަނުގައި ބަހައްޓާފައި ހުންނަ ތަކެއްޗަކީ ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައިގެން އެފަދަ ތަކެތި ކުނީގެ ގޮތުގައި ނައްތާލާނެ ވަހަކަ ދެންނެވީމެވެ.

       ވީމާ، މިފަދަ ތަންތަނުގައި އެއްވެސް ފަރާތަކުން އެއްޗެއް ބަހައްޓާފައި ވާނަމަ އެ ފަދަ ތަކެތި މި އަދުންފެށިގެން  7 ދުވަހުގެ ތެރޭގައި ނެންގެވުމަށް ދެންނެވީމެވެ.

                        ވީމާ،މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

 

21 އޮގަސްޓް 2025