ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)434-PRC/434/2025/238
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 17:38
ސުންގަޑި: 02 ސެޕްޓެންބަރު 2025 09:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މި އޭޖެންސީގެ ލެބޯޓްރީއަށް ބޭނުންވާ 50,000 (ފަންސާސްހާސް) މަލްޓި ޑްރަގް ވަން ސްޓެޕް ޓެސްޓިންގ ކިޓްސް (7 ޕެނަލްސް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި އޭޖެންސީގެ ލެބޯޓްރީއަށް ބޭނުންވާ 50,000 (ފަންސާސްހާސް) މަލްޓި ޑްރަގް ވަން ސްޓެޕް ޓެސްޓިންގ ކިޓްސް (7 ޕެނަލްސް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މަލްޓި ޑްރަގް ވަން ސްޓެޕް  ޓެސްޓިންގ ކިޓްސް ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 20 އޯގަސްޓް 2025 ވާ ބުދަ ދުވަހުން ފެށިގެން 01 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް އަދި އިވެލުއޭޝަން ކްރައިޓީރިއާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުއްވުން

02 ސެޕްޓެމްބަރ 2025 (އަންގާރަ)

09:00 (ހެނދުނު)

ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

20 އޮގަސްޓް 2025