ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2025/73
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 13:04
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުނި މެނޭޖުކުރުމާ ގުޅޭ
އިއުލާނު
ކުނި މެނޭޖުކުރުމާ ގުޅޭ
- 1. ކުނިނެގުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ކުނި އުކާލުމަށް ހަމަޖެހިފައިވާ ގަޑިތައް، އަދި ކުނިކޮށި ހުޅުވާފައި ހުންނާނެ ގަޑިތައް؛
- ހެނދުނު: 07:00 އިން 11:00 އަށް
- ހަވީރު: 03:00 އިން 05:00 އަށް
- 2. ރަޖިސްޓްރީކޮށްގެން ކުނިއުކާލާ ފަރާތްތަކުން ކުނި ވަކިކުރާނެ ގޮތްތައް
- ޑަސްބިން 1: ބަދިގެޑަސްބިން؛ އެއްވެސް ބާވަތެއްގެ ބިއްލޫރި، ޕްލާސްޓިކު ދަޅު،ފުޅި ފަދަ ތަކެތި ހުރެގެން ނުވާނެ
- ޑަސްބިން 2: ކަހާކުނި އަދި ނެޕީ
- ޑަސްބިން 3: ބިއްލޫރި؛ (ފުޅި، ދަޅު ފަދަ ތަކެތި) (މި ޑަސްބިން ނަގާނީ ހަފްތާއަކު 2 ދުވަހު)
- ޑަސްބިން 4: ޕްލާސްޓިކް؛ (ފުޅި، ދަޅު ފަދަ ތަކެތި) (މި ޑަސްބިން ނަގާނީ ހަފްތާއަކު 2 ދުވަހު)
- 3. ގައު/ ގަސް ފަދަ ބާވަތްތަކުގެ ކުނި އުކާލަން ވާނީ ކުނިކޮށި ހުޅުވާފައި ހުންނަ ގަޑިތަކުގައި އެމީހަކު އަމިއްލައަށެވެ.
- 4. މަސްކަރު އެޅުމަށްޓަކައި ފެނަކައާ ދިމާލުން ބޮޑުމަގުކޮޅުގައި 1 ޑަސްބިން ބެހެއްޓިފައި ހުންނާނެއެވެ.
ނޯޓް: ދެންނެވިފައިވާ ގޮތަށް އަމަލު ކުރުމަށް އެންގީމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރަމެވެ.
26 ޞަފަރު 1447
20 އޮގަސްޓް 2025