ތަމްރީނު
ނަންބަރު: (IUL)160-AS/1/2025/139
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 09:32
ސުންގަޑި:
28 އޮގަސްޓް 2025 13:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ. ދިއްދޫ އައުޓްރީޗް ސެންޓަރުގައި ފެށުމަށް ހަމަޖެފައިވާ ޙިފުޡު ކުލާސްތަކަށް ވަނުމުގެ ފުރުސަތު
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ، ހއ. ދިއްދޫ އައުޓްރީޗް ސެންޓަރު ގައި 2025 ވަނަ އަހަރުގެ 2 ވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެފައިވާ ޙިފުޡު ކުލާސްތަކަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ކުލާސް ތަކުގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.
ހއ.ދިއްދޫ އައުޓްރީޗް ސެންޓަރ |
ޖާގަ |
ހެނދުނު |
15 |
ރޭގަނޑު |
15 |
މި ކުލާހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ގޫގުލް ފޯމް (https://forms.gle/6VZPXCPB2fzb8i9J7 ) 28 އޮގަސްޓް 2025 ގެ 13:30 ގެ ކުރިން ފުރިހަމަ ކުރެއްވުން އެދެމެވެ.
ކުލާސްތަކަށް ދަރިވަރުން ނެގޭނީ ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރެވޭ އިންޓަވިއުއިން ލިބޭ މާކްސްއަށް ބެލުމަށްފަހުގައެވެ.
20 އޮގަސްޓް 2025