މުބާރާތް
ނަންބަރު: (IUL)160-AS/1/2025/138
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 26 އޮގަސްޓް 2025 13:00
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ޕާކިސްތާނުގެ "ފަސްޓް އިންޓަރނޭޝަނަލް ޤިރާއަތު ކޮމްޕެޓިޝަން" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

         2025 އަހަރު ފަހުކޮޅު ޕާކިސްތާނުގެ އިސްލާމްއާބާދުގައި، އެ ޤައުމުގެ މިނިސްޓްރީ އޮފް ރިލިޖަސް އެފެއަރޒް އެންޑް އިންޓަރފެއިތު ހަރމަނީ އިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ފަސްޓް އިންޓަރނޭޝަނަލް ޤިރާއަތު ކޮމްޕެޓިޝަން" ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައެވެ.

 

ބައިވެރިވުމުގެ ޝަރުޠުތައް:

1-      ދިވެހި ރައްޔިތަކަށްވުން.

2-      ފިރިހެނަކަށްވުން.

3-      ޢުމުރުން 25 އަހަރާއި 35 އަހަރާއި ދެމެދުގެ މީހަކަށްވުން.

4-      ތަޖުވީދުގެ ހަމަތަކާއެކު ފަރިތަކޮށް ޤުރްއާން ކިޔަވަން އެނގުން.

5-      ޤިރާއަތްތަކަށް ކިޔަވަން އެނގޭ، ކީރިތި ޤުރްއާން ހިތުދަސް ޙާފިޡަކަށް އިސްކަން ދެވޭނެއެވެ.

 

ބައިވެރިވުމަށް އެދި ހުށަހަޅާއިރު ދެނެގަންނަން މުހިންމު ކަންތައްތައް:

 

1-      މި މުބާރާތަކީ ހަމައެކަނި ފިރިހެން ބޭފުޅުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.

2-      މުބާރާތުގައި ބައިވެރިކުރުމަށް ރާއްޖެއަށް ފުރުސަތު ލިބިފައިވަނީ އެންމެ ބައިވެރިއެކެވެ. އެހެންކަމުން މުބާރާތުގައި ބައިވެރިކުރުމަށް ހޮވާނީ އެންމެ ބައިވެރިއެކެވެ.

3-      މި މުބާރާތަށް ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ. މިގޮތުން އިމްތިޙާނުކުރުމުގައި ތަޖުވީދަށާއި، ކިޔެވުމުގެ ފަރިތަކަމަށާއި، ކިޔެވުމުގެ ހުނަރާއި އަޑާއި ރާގަށް ބެލޭނެއެވެ. އަދި ޙިފްޡުގެ ފެންވަރަށްވެސް ރިޢާޔަތްކުރެވޭނެއެވެ.

4-      މުބާރާތުގައި ބައިވެރިވާ ފަރާތުން ޕާކިސްތާނަށް ދިޔުމާއި އައުމުގެ ޓިކެޓާއި، ޕާކިސްތާނުގައި ހުރުމާއި ކެއުމުގެ ޚަރަދު މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައި ދެއްވާނެއެވެ. މިގޮތުން މުބާރާތް އިންތިޒާމުކުރާފަރާތުން މި އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނީ ހަމައެކަނި ބައިވެރިވާ ފަރާތަށެވެ. 

     މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ލިޔެކިޔުންތަކާއެކު 26 އޮގަސްޓް 2025 ވާ އަންގާރަދުވަހުގެ މެންދުރު 13:00 ގެ ކުރިން  "[email protected]"އަށް މެއިލް ކުރެއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުން:

1-      މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު (މި ފޯމު މަރުކަޒުގެ ވެބްސައިޓުންނާއި މަރުކަޒުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ.)

2-      ޕާސްޕޯޓުގެ ޑޭޓާޕޭޖުގެ ސާފު ކުލަ ކޮޕީ

3-      ވަނަވަރު (ސީވީ) – އިނގިރޭސި ބަހުން.

4-      ނެގިތާ 3 މަސްހަމަނުވާ ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް (ސޮފްޓްކޮޕީ ޖޭޕީޖީ ފޯމެޓުގައި – ޕާސްޕޯޓުގައި ޖެހުމަށް ނަގާ ސްޓޭންޑަރޑް ގައި ނަގާފައިވާ ފޮޓޯއަކަށް ވާންވާނެއެވެ.)

5-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކުލަ ކޮޕީ.

6-      ޙާފިޡު ކަމުގެ ސަނަދުގެ ކުލަ ކޮޕީ.

20 އޮގަސްޓް 2025