ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)142-A5/142/2025/135
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 12:20
ސުންގަޑި: 23 އޮގަސްޓް 2025 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޢަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ނުވަތަ ލިޔެފައިވާ ފޮތްތައް ހޯދުމަށް

ޢަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާކުރެވިފައިވާ ނުވަތަ ލިޔެފައިވާ ފޮތްތައް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ:
 (IUL)142-A1/142/2025/21 (20 ފެބުރުވަރީ 2025) އިޢުލާން މަޢުލޫމާތު ކަރުދާހަށް ބަދަލުގެންނަން ބޭނުންވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މި ފުރުޞަތު ހުޅުވާލާފައިވަނީ މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާ ލިސްޓުގައިވާ ފޮތްތައް ތަރުޖަމާކޮށްފައިވާ ނުވަތަ އެމައުޟޫޢުތަކަށް އެފޮތްތައް ލިޔެފައިވާ ފަރާތްތަކަށެވެ.  

އަދި މިފޮތްތައް ތަރުޖާކޮށްފައިވާ ނުވަތަ އެފޮތްތައް ލިޔެފައިވާ ފަރާތްތަކަކީ، ދީނީ ވަޢުޒު ދިނުމަށް މިވުޒާރާއިން ހުއްދަ ދީފައިވާ ޢިލްމުވެރިން ކަމުގައިވާންވާނެއެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2025 އޮގަސްޓް 23 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

https://forms.office.com/r/eAmuzjVnNe

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 ސެޕްޓެމްބަރު 02 ވާ އަންގާރަ ދުވަހުގެ 10:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

19 އޮގަސްޓް 2025