ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-B6/1/2025/189
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 31 އޮގަސްޓް 2025 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަންބަރ: (IUL)425-B6/1/2025/188 އިއުލާން އަށް އިތުރު އިސްލާހެއް ގެނައުމާއި ގުޅޭ

އިޢުލާން

ނަންބަރ:  (IUL)425-B6/1/2025/188އިއުލާން އަށް އިތުރު އިސްލާހެއް ގެނައުމާއި ގުޅޭ

               ނަންބަރ: (IUL)425-B6/1/2025/188 (17 އޮގަސްޓް 2025) އިއުލާނާއި ހަވާލާދީ ދަންނަވަމެވެ.

               ބޮޑުތަކުރުފާނުމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި ޗާޓުގައި ފާހަގަކުރެވިފައިއެވާ  ބޮޑުތަކުރުފާނުމަގާއި، އެސަރަހައްދުގެ ފަޅުތެރެ 18 އޯގަސްޓް 2025 ން 13 އޮކްޓޯބަރ 2025 ގެ ނިޔަލަށް ބަންދުކުރެވިފައިވާނެ ވާހަކަ ފަޅުތެރެބޭނުންކުރާ ފަރާތްތަކަށާއި، އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. މިކަމުގެ ސަބަބުން ފަޅުތެރެބޭނުންކުރާ ފަރާތްތަކަށާއި، އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި މިސަރަހައްދު އެނގޭނެ ގޮތުގެ ޗާޓު މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެ ކަމުގައި ދެންނެވީމެވެ.

              

18 އޮގަސްޓް 2025