މުބާރާތް
ނަންބަރު: (IUL)252/252/2025/90
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 03 ސެޕްޓެންބަރު 2025 13:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް 2025

މިއަހަރުގެ ޤައުމީ މުބާރާތަށް ދަރިވަރުން ހޮވުމަށް މިއަތޮޅަށް ހުޅުވާލައިގެން ހއ.އަތޮޅު ކައުންސިލުން 2025 އޮކްޓޫބަރު 24 އިން 25 އަށް ބާއްވާ "ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް 2025" ނަމުގައި، ޤުރުޢާން މުބާރާތެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. މިރަށުން ޤުރުއާން މުބާރާތުގައި ބައިވެރިވާން އެދޭފަރާތްތަކުން 2025 ސެޕްޓެންބަރު 03 ވަނަ ދުވަހުގެ 13:00 ކުރިން، ބައިވެރިވަން ބޭނުންވާ ފަރާތުގެ ނަމާއި އުމުރާއި ގޮފި އެނގޭނެހެން އައިޑީކާޑް ފޮޓޯ ފޮނުއްވާ، ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ. މިމުބާރާތުގެ ޤަވާއިދު މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު އާންމު ކުރެވިފައިވާނެވެ.  ނަންނޯޓް ކުރައްވާނީ މިކައުންސިލްގެ ވައިބަރ ނަންބަރު 9211533 އަށް މެސެޖުކޮއްގެންނެވެ.  

             މިމުބާރާތުގައި ނަންނޯޓްކުރައްވާ ފަރާތްތަކުގެ ތެރެއިން ބައިވެރިން ހޮވުމަށް ހަމަޖެހިފައިވަނީ އޮޑިޝަނެއް ބޭއްވުމަށް ފަހުގައެވެ. އަދި މިރަށް ތަމްޞީލްކުރާ ބައިވެރިންގެ އިންތިޒާމްތައް މިކައުންސިލުން ހަމަޖައްސައިދޭނެ ކަމުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިކައުންސިލްގެ ނާއިބު ރައީސް މުޙައްމަދު ރަޒީފް (ފޯން 9997820) އަށް ގުޅުއްވުން އެދެމެވެ.

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.  

 

                     24 ޞަފަރަ 1447       

                     18 އޮގަސްޓް 2025  

18 އޮގަސްޓް 2025