ބީލަން
ނަންބަރު: B3C-A/2025/31
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 22:46
ސުންގަޑި: 26 އޮގަސްޓް 2025 11:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު: B3C-A/2025/31

                                                                    

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 މިކޯޓުގެ ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މިކޯޓުގެ ތިރީގައިވާ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1.1.   ކޯޓުގައި މިހާރު ހަރުކޮށްފައިވާ ނަލަފިލާއާއި ދިޔަދޮވި ބަދަލުކުރުން

1.2.   އެޑްމިން އޭރިއާ ސީލިންގ ބަދަލުކުރުން

1.3.   ބޭރުއަސްކެނި ސީލިންގ ބަދަލުކުރުން

1.4.   ކޯޓުރޫމްގައި ކާޕެޓްއެޅުން

  1. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

  I. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

 II. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

III.  ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

IV. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

  1. މިމަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 އޮގަސްޓު 20 ވާ ބުދަ ދުވަހުގެ 11:00 ގައި މިކޯޓު (ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2025 އޮގަސްޓު 26 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިކޯޓު (ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު، ހދ.ހަނިމާދޫ  ދިވެހިރާއްޖެ ،ފޯން: 6520073 ، 6521679                   އީ-މެއިލް: [email protected]

23 ޞަފަރު 1447

17 އޯގަސްޓު 2025

17 އޮގަސްޓް 2025