ދިވެހިރާއްޖެ
2026 ގެ ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާ ގުޅޭ
2026 ވަނަ އަހަރަށް މިސްކޫލުގެ ތިރީގައި މިދަންނަވާ ގްރޭޑްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.
| 
 ގްރޭޑް  | 
 2026 ވަނަ އަހަރު ކުދިން ވައްދާ އުމުރުފުރާ  | 
| 
 އެލް ކޭ ޖީ  | 
 2025 ޑިސެންބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން  | 
| 
 ޔޫ ކޭ ޖީ  | 
 2025 ޑިސެންބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން، އަދި 2025 ވަނަ ދިރާސީ އަހަރު އެލްކޭޖީ ފުރިހަމަ ކޮށްފައިވާ ހުރިހައި ދަރިވަރުން 2026 ވަނަ ދިރާސީ އަހަރު ޔޫކޭޖީ އަށް ބަދަލުކުރެވޭނެއެވެ.  | 
| 
 ގްރޭޑް 1  | 
 2025 ޑިސެންބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން، އަދި 2025 ދިރާސީ އަހަރު ޔޫކޭޖީ ފުރިހަމަކޮށްފައިވާ ހުރިހައި ދަރިވަރުން 2026 ވަނަ އަހަރު ދިރާސީ އަހަރު ގްރޭޑް 1 އަކަށް ބަދަލުކުރެވޭނެއެވެ.  | 
އެލްކޭޖީއަށް ކުއްޖަކު ވައްދާނީ ނިމުނު އަހަރުގެ ޑިސެންބަރު 31 އަށް އުމުރުން 4 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި
ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލްކޭޖީ އަށް ވަނުމުގެ ފުރުސަތު
ބެލެނިވެރިޔާ އެދިއްޖެ ނަމަ އެކުއްޖަކަށް ދެވިދާނެއެވެ. (1 ޖަނަވަރީ 2026 އިން 31 މާރިޗް 2026 އަށް 4 އަހަރު ފުރި
5 އަހަރު ނުފުރޭ ކުދިން)
އެއްވެސް ދަރިވަރަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ މެދުތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލު ނުކުރެވޭނެއެވެ.
އެލްކޭޖީ އަށް ކުދިން ވެއްދުމުގައި 4 އަހަރު ފުރިހަމަވެފައިވޭތޯ ބަލާނީ، އެ ދިރާސީ އަހަރަކަށް ކުދިން ވެއްދުމަށް އުމުރު
ހަމަކުރުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ދުވަހަށް 4 އަހަރު ފުރިހަމަވުމުންނެވެ.
ދިރާސީ އަހަރު ފެށޭ ފަހުން 4 އަހަރުވެފައިވާ ކުދިން، ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެލްކޭޖީ އަކަށް ނުވައްދާނެއެވެ.
ވީމާ، މިދެންނެވި އުމުރުފުރާތަކުގެ ކުދިން ސްކޫލަށް ވައްދަން އެދޭ ބެލެނިވެރިން 21 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00
ގެ ކުރިން ސްކޫލް އޮފީހަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ސްކޫލު އޮފީހުން ލިބެންހުންނާނެއެވެ.
އިތުރުމައުލޫމާތު ހޯއްދެވުމަށް މިސްކޫލުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ހައިޝިއްޔާ ނަޖީބު (7973947) އާއި ގުޅުއްވުން އެދެމެވެ.