| މަޤާމް : | ސިނިއަރ އެކައުންޓްސް އޮފިސަރ | ބޭނުންވާ އަދަދު: | 1 ( އެކެއް ) | 
| މުސާރައާއި އެލަވަންސް: | 
މުސާރަ: މަހަކު -/7500 ރުފިޔާ ( ހަތްހާސް ފައްސަތޭކަ ރުފިޔާ)ސަރވިސް އެލަވަންސް: މަހަކު -/4500 ރުފިޔާ (ހަތަރު ހާސް ފައްސަތޭކަ ރުފިޔާ)ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ ) އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. | 
| އޮފީސް : | މޯލްޑިވްސް ޕޯސްޓް ލިމިޓެޑް | ޔުނިޓް : | ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން | 
| ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު: | 
ބިޒްނަސް ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ލެވެލް ފާހެއް ލިބިފައިވުން ނުވަތަ؛ބިޒްނަސް ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން ސެޓްފިކެޓް ލެވެލް ފާހެއް އޮތުމާއެކު މަސައްކަތު ދާއިރާގެ ތަޖްތިބާ ލިބިފައިވުން ނުވަތަ؛ޖީ.ސީ.އީއޯލެވަލް އިމްތިހާނުން "އެކައުންޓިން" މިމާއްދާ ހިމަނައިގެން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު މަސައްކަތްތުގެ  ތަޖުރިބާ ލިބިފައިވުން | 
| މަޤާމުގެ މަސްޢޫލިއްޔަތު | 
ފައިނޭންސް އެންޑް އެކައުންޓްސްގެ މަސައްކަތްތައް ކުރުން | 
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް | 
ލިބިފައިވާ ތަޢުލީމާއި ތަމްރީންމަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރުކުރެވޭ އިންޓަރވިއުއިން ފާސްވުންޙަވާލު ކުރެވޭ މަސައްކަތްތައް މުސްތަގިއްލުކަމާއެކު ކުރުމުގެ ޤާބިލްކަން ހުރުންތަރުތީބުން މަސައްކަތް ކުރުމުގެ ހުނަރު ހުރުމާއެކު، ލިޔެކިއުންތައް މެނޭޖް ކުރުމުގެ ޤާބިލްކަން ހުރުން.ވިސްނުންތެރިކަމާއެކު މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުންތެދުވެރިކަމާ އިޚްލާސްތެރިކަމުގެ ސިފަ ހުރުންކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން | 
| ރަސްމީ މަސައްކަތު ގަޑި: | 
ހެނދުނު 08:00 އިން 15:00 އަށް   | 
| ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް | 
ވަޒީފާއަށްއެދޭ ފޯމްވަނަވަރު (ސީވީ)އައިޑީ ކާޑުގެ ކޮޕީތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)   ** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ. 
** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. | 
| ސުންގަޑި: | މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު،  2025  އޮގަސްޓް 25 ވާ ހޯމަ ދުވަހުގެ  14:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.   ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 2025  އޮގަސްޓް 25 ވާ ހޯމަ ދުވަހުގެ  14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.    **ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.   | 
| އިންޓަވިއު: | އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. | 
| ވަޒީފާއަށް އެދޭނެ ގޮތް: |  | 
| އިތުރު މަޢުލޫމާތު: | 
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 7924894/3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |