ބީލަން
ނަންބަރު: GS33(IUL)/2025/10
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 20 އޮގަސްޓް 2025 14:00
ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ބ. އަތޮޅު މަދަރުސާގެ ސެކިއުރިޓީ ރޫމް މަރާމާތުކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މިމަދަރުސާގެ ސެކިއުރިޓީ ރޫމް އަމިއްލަ ތަކެތީގައި މަރާމާތު ކުރުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން ޢަމަލުކޮށްދެއްވުން އެދެމެވެ.

 

  1.  މި ބީލަމަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.  (ބީލަން ފޮތް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ މެއިލްއަށް ފޮނުވާ ދެވޭނެއެވެ.)
  2. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 17  އޮގަސްޓް 2025 އިން 20 އޮގަސްޓް 2025 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14.00އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ކުރުމަށް މިދަންނަވާ ކަންތައްތައް ފުރިހަމަކުރެއްވުން އެދެމެވެ. (ކުންފުނި / ވިޔަފާރީގެ ނަން ، ވެރި ފަރާތުގެ ނަމާއި ނުވަތަ ތަނުގެ ފޯނު ނަންބަރ، އީމެއިލް އެޑްރެސް، މަޢުލޫމާތު ސާފްކުރާ ފަރާތުގެ ނަމާއި،ފޯން ނަމްބަރު އަދި  އީމެއިލް އެޑްރެސް).
  3. "ބިޑް ރަޖިސްޓްރީ ފޯމް"ގެ ލިންކު: https://forms.gle/YQVzLehW5BiXxKm66
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2025 އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ބ.އަތޮޅު މަދަރުސާގައި އޮންނާނެއެވެ.
  5. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ  28 އޮގަސްޓް 2025  ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި ސްކޫލްގައެވެ. ބީލަމާއިއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، އެ ބީލަމެއް ބަލައި ނުގަނެވޭނެއެވެ.
  6. ބީލަމުގެ ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގައްޔާއި، ބިޑްހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  7. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާފަރާތަށް ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި އަންނަ ފަރާތުގެ އައިޑީ ކާޑްގެ ނަކަލެއް  ގެންނަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިލައްވާނެއެވެ.

 ބ. އަތޮޅު މަދަރުސާ

 ފޯނު ނަންބަރ: 6600034

 އީމެއިލް: [email protected]

17 އޮގަސްޓް 2025

 

17 އޮގަސްޓް 2025