ދިވެހިރާއްޖެ
އިޢުލާން
ގއ. ވިލިނގިލީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި، ގުޅިގެން ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް ޢާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން
ގއ. ވިލިނގިލީ އިން ބަންޑާރަ ގޯތި ދޫކުރުމަށް 31.12.2024 ވަނަ ދުވަހު ކުރެވުނު މިއިދާރާގެ ނަންބަރ: (IUL)407/407/2024/66 އިޢުލާނާއި ގުޅިގެން ފޯމް ހުށަހެޅި ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި ގއ. ވިލިނގިލީގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ އުޞޫލުގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިއުޞޫލުގެ 19 ވަނަ މާއްދާއާއި އެއްގޮތަށް ގޯތި ލިބޭ ފަރާތުގެ ތެރެއިން އެއްވެސް ފަރާތެއްގެ ނަން އުނިވެއްޖެނަމަ ނުވަތަ ފޯމް ބާޠިލް ކުރަން ޖެހިއްޖެނަމަ އެފަރާތެއްގެ ނަން ވަގުތީ ލިސްޓުން އުނިކުރުމަށްފަހު އަލުން ލިސްޓް ތަރުތީބުކުރެވޭނެއެވެ.
ވީމާ، އާންމުކޮށްފައިވާ ލިސްޓާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، 31 އޯގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ހުށަހެޅެއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާނީ ރަސްމީ ގަޑީގައި މިއިދާރާގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް މެއިލް މެދެވެރިކޮށެވެ.